Advertisement

އެންވެރިކަމުގައި އުޅުނު ދޯންޏަކުން ގެއްލުނު މީހަކު ފެނުނީ ގޮނޑުދޮށުގައި ލައްގާފައި އޮއްވާ!

20 Jul 2026 | 10:12
-

ހދ. ހޮނޑާފުށީގެ ދެކުނު ފަރާތުގައި އެންވެރިކަން ކުރަން އޮތް "ބަހުރު" ނަމަކަށް ކިޔާ މަސްދޯންޏަކުން ގެއްލުނު މީހާ، އެމްއެންޑީއެފް ކޯސްޓްގާޑުން ހޯދައި ސިއްހީ މަރުކަޒަށް ގެންގޮސްފިއެވެ.

އެމްއެންޑީއެފުން ބުނީ އެ މީހާ ގެއްލިގެން ކޯސްޓްގާޑަށް ރިޕޯޓުކުރީ މިއަދު ފަތިހު 4:05 ހާއިރު ކަމަށެވެ. ރިޕޯޓު ލިބުމާ އެކު އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑުގެ ކޯސްޓްގާޑް ފަސްޓް ސްކޮޑްރަނުން ހޯދުމުގެ މަސައްކަތް ފެށި ކަމަށެވެ.

Advertisement

އެ މީހާ ފެނުނީ މިއަދު ހެނދުނު 5:55 ހާއިރު ހޮނޑާފުށީ ގޮނޑުދޮށަށް ލައްގާފައި އޮއްވައި، ހޯދުމުގެ މަސައްކަތުގައި އެހީތެރިވި ޑިންގީއަކަށް ކަމަށް އެމްއެންޑީއެފުން ބުނެއެވެ. އޭނާ އަށް އަވަސް ފަރުވާ ދިނުމަށް 5:59 ހާއިރު ހދ. ހަނިމާދޫ ސިއްހީ މަރުކަޒަށް ގެންދިޔައެވެ. ފަރުވާ ދިނުމަށް ފަހު އޭނާގެ ހާލު ރަނގަޅު ކަމަށް ސިއްހީ މަރުކަޒުން މައުލޫމާތު ދީފައިވެއެވެ.

މި މީހާ ހޯދުމުގެ މަސައްކަތުގައި ކޯސްޓްގާޑުގެ އުޅަނދުފަހަރުގެ އިތުރުން އެ ސަރަހައްދުގައި ހަރަކާތްތެރިވި އާންމުންގެ އުޅަނދުފަހަރުން ވެސް ފުރިހަމަ އެއްބާރުލުން ދީފައިވާ ކަމަށް އެމްއެންޑީއެފުން ފާހަގަކުރެއެވެ.

Advertisement

ކޮމެންޓް