Advertisement

ޕްރޮފެޝަނަލް ސަރޓިފޭކޭޝަން ކޯސްތައް ފުރިހަމަކުރުމަށް ބީއެމްއެލްއިން ޑޮލަރުން ފައިނޭންސް ދޫކުރަނީ

19 Jul 2026 | 16:31
-

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ކިޔަވާ ލޯނަށް ހެޔޮ ބަދަލުތަކެއް ގެނެސް، ބައިނަލްއަޤުވާމީ ޕްރޮފެޝަނަލް ކޯސްތައް ފުރިހަމަކުރުމަށާއި އެފަދަ ކޯސްތަކާ ގުޅުންހުރި ސަރޓިފިކޭޝަން ފީ ދެއްކުމަށް ޑޮލަރުން ފައިނޭންސް ލިބޭ ގޮތް ހަމަޖައްސައިފިއެވެ.

މިއީ އެއްވެސް ރަހުނަކާ ނުލައި ދޫކުރާ ފައިނޭންސެކެވެ. މި ފައިނޭންސްގެ ދަށުން ކޯސް ފީތައް ބީއެމްއެލް އިން ސީދާ ތައުލީމީ މަރުކަޒަކަށް ނުވަތަ ކަމާ ބެހޭ އިދާރާއަކަށް ޓެލެގްރަފިކް ޓްރާންސްފަރ (ޓީޓީ) މެދުވެރިކޮށް ފޮނުވައިދޭނެއެވެ. އަދި ދަރިވަރުންނަށް ދޫކުރާ ސްޓައިޕެންޑް ސީދާ ކަސްޓަމަރުގެ އެކައުންޓަށް ޖަމާކޮށްދޭނެ ކަމަށް އެ ބޭންކުން ބުނެއެވެ.

Advertisement

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ، "ކިޔަވާ ލޯނަށް މި ގެނައި ބަދަލަކީ ކަސްޓަމަރުންގެ ބޭނުންތަކަށް ރިއާޔަތްކޮށް ގެނައި ބަދަލެއް. އަދި ރަހުނަކާ ނުލައި ޑޮލަރުން ލިބޭ މި ފުރުސަތަކީ މަތީ ތައުލީމާއި ޕްރޮފެޝަނަލް ސަނަދުތައް ހާސިލުކުރަން ބޭނުންވާ ފަރާތްތަކަށް ލިބިގެންދާނެ ބޮޑު ލުޔެއް" ކަމަށެވެ.

ރާއްޖޭގެ އެންމެ ބޮޑު މާލީ އިދާރާގެ ހައިސިއްޔަތުން ބީއެމްއެލް އިން ބުނީ، އީޖާދީ އަދި ފަސޭހައިން ލިބޭނެ މާލީ އެހީތެރިކަން ފޯރުކޮށްދީގެން ދަރިވަރުންގެ ތައުލީމީ އުންމީދުތައް ހަޤީޤަތަކަށް ހެދުމަށް އަބަދުވެސް މަސައްކަތްކުރާ ކަމަށެވެ.

Advertisement

ކޮމެންޓް