އަމްރިތާ ހޮސްޕިޓަލަށް ބަލިމީހުން ފޮނުވުން ވަގުތީގޮތުން ހުއްޓާލައިފި
އަމްރިތާ ހޮސްޕިޓަލަށް ބަލިމީހުން ފޮނުވުން ވަގުތީގޮތުން ހުއްޓާލައިފި
އިންޑިއާގެ ކޮޗިންގައި ހުންނަ އަމްރިތާ ހޮސްޕިޓަލާއެކު ވެފައިވާ އެއްބަސްވުން އައުކުރުމުގެ މަސައްކަތް ކުރިއަށްދާތީ އާސަންދައިގެ ދަށުން އެ ހޮސްޕިޓަލަށް އިތުރަށް ބަލިމީހުން ފޮނުވުން މެދުކަނޑާލައިފިއެވެ.
ދިވެހިންގެ ތެރެއިން ބޮޑު އަދަދެއްގެ ބަޔަކު ބޭސްފަރުވާއަށް ދަނީ އެ ހޮސްޕިޓަލަށެވެ. ނަމަވެސް އާސަންދަ ކުންފުނިން ބުނާގޮތުގައި މިހާރު ފަރުވާގައި ތިބި ދިވެހި ބަލިމީހުންނަށް މިކަމުގެ ސަބަބުން އެއްވެސް ދަތިކަމެއް ދިމައެއް ނުވާނެއެވެ.
އެ ކުންފުނިން ހާމަކުރި ގޮތުގައި ފަރުވާގައި މިހާރު ތިބި ބަލިމީހުންނަށް އޮންނަ އުސޫލުގެ ދަށުން އާސަންދައިގެ ހިދުމަތް މެދުނުކެނޑި ލިބެމުންދާނެއެވެ. އަދި އެއްބަސްވުން އައުކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށާއި ބަލިމީހުން ފޮނުވުން އަލުން ފެށޭނެ ވަކި ތާރީހެއް ނުދެންނެވޭ ކަމަށްވެސް އާސަންދައިން ބުނެފައިވެއެވެ.
ރާއްޖެއިން ބޭރުގެ ބައެއް ހޮސްޕިޓަލްތަކުން ވަގުތީގޮތުން އާސަންދައިގެ ހިދުމަތް ކުރިންވެސް މެދުކަނޑާލާފައިވާ ފަހަރުތައް އެބަހުއްޓެވެ. ދައުލަތުގެ ބަޖެޓުން ކޮންމެ އަހަރަކުވެސް ސަތޭކަ ގުނަނުން މިލިއަން ރުފިޔާ ރާއްޖެއިން ބޭރުގައި ފަރުވާ ހޯދުމަށް ހަރަދުކުރެއެވެ.
އާސަންދައިގެ ދަށުން މިވަގުތު އިންޑިއާ ސްރީލަންކާ ދުބާއީ އަދި ތައިލެންޑްގެ ބައެއް ހޮސްޕިޓަލްތަކަށް ބަލިމީހުން ފޮނުވަމުންދެއެވެ. މިއީ ކޮންމެ ދިވެއްސަކަށް ދައުލަތުގެ ހަރަދުގައި ހިލޭ ބޭސްފަރުވާ ކުރެވޭގޮތަށް ހަމަޖެހިފައިވާ ހެލްތު އިންޝުއަރެންސްގެ ގައުމީ ނިޒާމެވެ. އަހަރެއްގެ މައްޗަށް 3 ބިލިއަނެއްހާ ރުފިޔާ ބޭސްފަރުވާއަށް އާސަންދައިން ހަރަދުކުރެއެވެ.