އަބްދުﷲ ގާޒީ ހައްޔަރު ކުރުމަކީ ހެދުނު ގޯހެއް: ރައީސް ނަޝީދު

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރު ކުރުމަކީ ވެރިކަމުގައި ހެދުނު ގޯހެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ. އިންޑިއާއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި އ...

26 Aug 2017 | 07:06

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރު ކުރުމަކީ ވެރިކަމުގައި ހެދުނު ގޯހެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އިންޑިއާއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި އެ ގައުމުގެ ނޫހެއްކަމަށްވާ "ދަ ވަޔާ" އަށް ދެއްވި އިންޓަވިއުއެއްގައި ނަޝީދު ވިދާޅުވީ އަބްދުﷲ ގާޒީ ހައްޔަރު ކުރަން ޖެހުނީ ޖުޑީޝަލް ސާވިސް ކޮމިޝަނުގެ ނިންމުން ތަކަށް އަމަލު ނުކުރެއްވުމުން ކަމަށެވެ. ރައީސް ނަޝީދު ވިދާޅުވީ  އެ މައްސަލަ ހައްލު ކުރެވޭނެ އެނޫން ރަނގަޅު ގޮތްގޮތްވެސް ހުރި ކަމަށެވެ.

"އަޅުގަނޑު އޭނާ ވަތްކެއް ނުކުރަން. އެކަމަކު ތެދެއް ސިފައިންގެ އެންމެ މަތީވެރިޔާގެ ހައިސިއްޔަތުން އަދި ރައީސްގެ ހައިސިއްޔަތުން، އެއީ އެކަން ކުރަންޖެހޭ އެންމެ ރަނގަޅު ގޮތަކަށް ނޫން ކުރެވިފައި އެ އޮތީ،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވި ގޮތުގައި ގަބޫލު ނުކުރެވޭ އެތައް ނިންމުންތަކެއް ކޯޓުތަކުން ނިންމުމަކީ ތިން ބާރު ވަކިވުމުގެ ނިޒާމަށް ރާއްޖެ އާކަމުން ދިމާވި ކަންތައްތަކެއް ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. އެކަންކަން ހައްލު ކުރަން ފަނޑިޔާރުން މަގާމުން ވަކި ކުރުމަކީ ހައްލެއް ނޫން ކަމަށާއި އެއީ ޝަރުއީ ދާއިރާ އިސްލާހު ކުރެވޭނެ ކަމެއް ނޫން ކަމަށް ނަޝީދު ވިދާޅުވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް