އަހަރެމެންގެ ހިތުގައި ﷲތަޢާލާއާމެދު ވާ ލޯބި އިތުރުކުރުމަށް ކުރެވިދާނެކަންތައްތައް

ތިރީގައި މި ހުށައަޅައިލަނީ އަހަރެމެންގެ ހިތުގައިﷲތަޢާލާއާމެދު ވާ ލޯބި އިތުރުކުރުމަށް ކުރެވިދާނެ 10 ކަންތައް ގޮތުގައި އިމާމް އިބްނުލް ޤައްޔިމް، ''މަދާރިޖުއް ސާލިކީން'' މި ފޮތުގައި ފާހަގަ ކުރައްވައިފައި...

09 Aug 2014 | 07:27

ތިރީގައި މި ހުށައަޅައިލަނީ އަހަރެމެންގެ ހިތުގައިﷲތަޢާލާއާމެދު ވާ ލޯބި އިތުރުކުރުމަށް ކުރެވިދާނެ 10 ކަންތައް ގޮތުގައި އިމާމް އިބްނުލް ޤައްޔިމް، ''މަދާރިޖުއް ސާލިކީން'' މި ފޮތުގައި ފާހަގަ ކުރައްވައިފައިވާ 10 ކަންތަކެވެ.

1  ކީރިތި ޤުރުއާން ހިމޭންކަމާއި މަޑުމައިތިރި ކަމާއެކު ޙުޝޫޢަތްތެރިކަމާއެކު މާނަ ދެނެގަތުމާއެކުގައި ކިޔެވުން

2   ވާޖިބު އަޅުކަންތައް ތައް އަދާކުރުމަށްފަހު ވީހާވެސް ގިނައިން ސުންނަތް އަޅުކަންތައް ކުރުން.

3   ކޮންމެ ވަޤުތެއްގައިވެސް ﷲ ގެ މަތިން ހަނދާންކޮށް ޒިކުރުކުރުން. އެއީ ހިތުންނާއި އަމަލުންނެވެ.

4   ތިބާ އެދޭ ކަންތައްތަކަށްވުރެ ﷲ ތަބާރަކަ ވަތަޢާލާ ލޯބިވޮޑިގެންވާ ކަންކަމަށް އިސްކުރުން.

5  ﷲތަބާރަކަ ވަތައާލާގެ އިސްމުފުޅުތަކާއި އެއިލާހުގެ ސިފަފުޅުތައް ހިތްމައްޗަށް ގެނައުން

6   އެއިލާހުގެ ފަރާތުން ލިބިފައިވާ ފާޅުވެގެންވާ ނިޢުމަތްތަކާއި އަދި ފެންނަން ނެތް ނިޢުމަތްތަކުގެ މަތިން  ހަނދާންކުރުން.

7  ތިބާއަޅުކަންކުރާއިރު ހިތްތިރިކުރާ ފަދައިން އަބަދުވެސް ހިތްތިރިކޮށް މަޑުމޮޅިވުން

8   ރޭގަނޑުގެ ތިންބައިކޮށްފައި ފަހުބައިގައި އެއިލާހު ދުނިޔޭގެ އުޑަށް ތަޖައްލީވެވޮޑިގަންނަވާއިރު އަޅުކަންމަތީގައި ދެމިހުރުން. އެއީ އެގަޑީގައި ނަމާދުކޮށް، ދުޢާކޮށް އަދި އެއިލާހުގެ ބަސްފުޅު ކިޔެވުމެވެ. އަދި ކިޔަމަންތެރިކަމާ އިޚުލާސްތެރިކަމާއެކު ހެޔޮހިތުން އެއިލާހުގެ ހަޟްރަތުގައި ތައުބާވެ ފާފަ ފުއްސެވުމަށް ދެންނެވުމެވެ.

9  ﷲތަބާރަކަ ވަތަޢާލާގެ ލޯބިލިބިގެންވާ ނުވަތަ ރުއްސަވާވޮޑިގެންވާ ޞާލިޙު މީހުންނާއި އެކުގައި އުޅުން. އެއީ ހެޔޮލަފާ ޞާލިޙު މީހުންނާއި އެކު މަޖިލިސްކުރުމާއި އެފަދަ މީހުން ރަޙުމަތްތެރިން ކަމުގައި ހިޔާރުކުރުމެވެ.

10   ﷲތަބާރަކަ ވަތަޢާލާއާއި ތިމާގެ ހިތް ދުރުކުރާ ކަންކަމުން ދުރުވެ ހުރުން. ނޯޓު: މިސާލަކަށް މިޔުޒިކު އަޑުއެހުންފަދަ، ނުވަތަ ފާހިޝް ތަކެތި އަޑުއަހާ ބެލުމުގައި ވަގުތު ހޭދަކުރުން ފަދަ  ކަންކަމުން ދުރުވުން

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް