އައިއެސްއާ ހަނގުރާމަ ކުރުމަށް ހިޒްބުﷲ އިން ފައުޖެއް އުފައްދަނީ

އިރާގާއި ސޫރިޔާގައި ހަނގުރާމަކުރަމުން އަންނަ އައިއެސް ޖަމާއަތާ ދެކޮޅަށް ހަނގުރާމަ ކުރުމަށް ލުބުނާނުގެ ހިޒްބުﷲ ޖަމާއަތުން، ފައުޖެއް އުފެއްދުމުގެ މަސައްކަތް ފަށާފައިވާކަމަށް ލުބުނާނުގެ މީޑިއާ ރިޕޯޓްތައް...

14 Nov 2014 | 04:56

އިރާގާއި ސޫރިޔާގައި ހަނގުރާމަކުރަމުން އަންނަ އައިއެސް ޖަމާއަތާ ދެކޮޅަށް ހަނގުރާމަ ކުރުމަށް ލުބުނާނުގެ ހިޒްބުﷲ ޖަމާއަތުން، ފައުޖެއް އުފެއްދުމުގެ މަސައްކަތް ފަށާފައިވާކަމަށް ލުބުނާނުގެ މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

ލުބުނާނުގެ ދުވަހު ނޫހެއް ކަމަށްވާ ޑެއިލީ ސްޓާ ގައި ބުނެފައިވަނީ އަލަށް އެކުލަވާލުމުގެ މަސައްކަތް ކުރަމުން އަންނަ ފައުޖަށް، ސުންނީ މުސްލިމުންގެ އިތުރުން ކްރިސްޓިއަނުންވެސް ހިޒްބުﷲ އިން ވައްދަމުން އަންނަ ކަމަށެވެ.

އަދި އަލަށް އެކުލަވާލާ ފައުޖު ތަމްރީނު ކުރުމަށާއި ހަތިޔާރު ދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ޑެއިލީ ސްޓާގައި ބުނެފައިވެއެވެ.

ހިޒްބުﷲ އިން މިފަދަ ކަމަށް ތައްޔާރު ވަމުން އަންނަ ކަމަށް މީޑިއާ ރިޕޯޓްތައް ބުނި ނަމަވެސް ހިޒްބުﷲ އިން އެކަން ކަށަވަރު ކޮށްދީފައެއް ނުވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް