އުއްތަމަ ފަނޑިޔާރު ކަމަށް އަބްދުﷲ ސައީދު އައްޔަންކުރުމަށް މަޖިލީހުން ފާސްކޮށްފި

ސުޕްރީމްކޯޓުގެ ބެންޗުގައި ހިމެނޭ ދެ މެމްބަރަކު މިއަދު ވަކި ކުރައްވާފައިވާއިރު އުއްތަމަ ފަނޑިޔާރު ކަމަށް ސުޕްރީމް ކޯޓުގެ ބެންޗްގައި ހިމެނިވަޑައިގަންނަވާ އަބްދުﷲ ސައީދު އައްޔަން ކުރުމަށް މަޖިލީހުން ދެން...

14 Dec 2014 | 16:30

ސުޕްރީމްކޯޓުގެ ބެންޗުގައި ހިމެނޭ ދެ މެމްބަރަކު މިއަދު ވަކި ކުރައްވާފައިވާއިރު އުއްތަމަ ފަނޑިޔާރު ކަމަށް ސުޕްރީމް ކޯޓުގެ ބެންޗްގައި ހިމެނިވަޑައިގަންނަވާ އަބްދުﷲ ސައީދު އައްޔަން ކުރުމަށް މަޖިލީހުން ދެންމެ ފާސްކޮށްފި އެވެ.

އަބްދުﷲ ސައީދު އައްޔަން ކުރުމަށް ވޯޓަށް އެހި އިރު އެ ވޯޓުގައި އެމްޑީޕީން ބައިވެރިނުވާނެ ކަމަށް ވަނީ ބުނެފައެވެ. އުއްތަމަ ފަނޑިޔާރު ކަމަށް އަބްދުﷲ ސައީދު އައްޔަން ކުރަން ފާސްވީ މަޖިލީހުގެ އިއްތިފާގުންނެވެ.

މަޖިލީހަށް ހާޒިރުވި މެމްބަރުންގެތެރެއިން 55 މެމްބަރަކު ފެންނަ ކަމަށް ވޯޓު ދެއްވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް