އަބުރުގެ ގާނޫނު އުވާލެއްވުމަށް އަބްދުﷲ ޝާހިދު ހުށަހަޅުއްވައިފި

އަބުރުގެ ގާނޫނު އުވާލެއްވުމަށް ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަދި އިންތިހާބީ ރައީސްގެ ފަރާތުން ސިޔާސީ ކަންކަމުގައި އިސްކޮށް ހުންނަވާ އަބްދުﷲ ޝާހިދު ހުށަހަޅުއްވައިފިއެވެ. އަބުރުގެ ގާނޫނުގެ ސަބަބުން...

25 Oct 2018 | 07:20

އަބުރުގެ ގާނޫނު އުވާލެއްވުމަށް ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަދި އިންތިހާބީ ރައީސްގެ ފަރާތުން ސިޔާސީ ކަންކަމުގައި އިސްކޮށް ހުންނަވާ އަބްދުﷲ ޝާހިދު ހުށަހަޅުއްވައިފިއެވެ.

އަބުރުގެ ގާނޫނުގެ ސަބަބުން ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ބައެއް ހައްގުތަކާއި މިނިވަންކަމަށް އުނިކަން ލިބިފައިވާ ކަމަށާއި، އަބުރުގެ ގާނޫނު ތަންފީޒު ކުރަން ފެށުމުގެ ސަބަބުން ގާނޫނީ ގޮތުން މައްސަލަތަކާ ކުރިމަތިވި ކަމަށް ނޫސްވެރިންނާ ވާހަކަ ދައަކަވަމުން ޝާހިދު ވިދާޅުވެފައިވެއެވެ.

2016 ވަނަ އަހަރުގެ އޮގަސްޓް މަހުގައި ފާސް ކޮއްފައިވާ މި ގާނޫނުގެ ދަށުން ބްރޯޑްކާސްޓިން ކޮމިޝަނުން ބައެއް ޓީވީތައް ވަނީ ބޮޑެތި އަދަދުތަކުން ޖޫރިމަނާކޮށްފަ އެވެ.

އަބުރާބެހޭ ގާނޫނު ހުށަހަޅާފައި ވާއިރު، ޕާޓީ ބަދަލު ކުރުމުން މެމްބަރުކަން ގެއްލޭ ގޮތައް ފަރުމާ ކޮށްފައި އޮތް،އެންޓި ޑިފެކްޝަން ގާނޫނު ވެސް އުވާލަން ވަނީ ހުށަހަޅާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް