ކުޅުދުއްފުށި ސިޓީއަކަށް ބަދަލުކޮށްފި

މާދަމާއިން ފެށިގެން ހދ. ކުޅުދުއްފުއްޓަކީ ސިޓީއެއް ކަމުގައި ހަމަޖެއްސުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ނިންމަވައިފިއެވެ. ރައީސް ކުރެއްވި ޓްވީޓުގައި ވިދާޅުވީ އަންނަ އަހަރުން ފެށިގެން ކުޅު...

31 Dec 2019 | 08:48

މާދަމާއިން ފެށިގެން ހދ. ކުޅުދުއްފުއްޓަކީ ސިޓީއެއް ކަމުގައި ހަމަޖެއްސުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ނިންމަވައިފިއެވެ.

ރައީސް ކުރެއްވި ޓްވީޓުގައި ވިދާޅުވީ އަންނަ އަހަރުން ފެށިގެން ކުޅުދުއްފުއްޓަކީ ލާމަރުކަޒީ ގާނޫނުގައި އޮންނަ އުސޫލުގެ މަތިން ސިޓީއެއް ކަމަށް ކަނޑައަޅަން އެމަނިކުފާނު މިއަދު ނިންމަވާފައިވާ ކަމަށެވެ.

ކުޅުދުއްފުށި ސިޓީއަކަށް ބަދަލުކުރުމަކީ މިސަރުކާރުގެ ވައުދެކެވެ.

ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުގައިވާ ގޮތުން 10،000 އާއި 30،000 އާ ދެމެދުގެ އާބާދީގެ ސިޓީ ކައުންސިލްތަކަށް އިންތިހާބު ކުރާނީ ހަތް ކައުންސިލަރުންނެވެ.

ކުޅުދުއްފުށްޓަށް ސިޓީއެއްގެ ދަރަޖަ ދޭން ސަރުކާރުން ނިންމާފައިވާއިރު، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ކުޅުދުއްފުށްޓަށް ރަށު ކައުންސިލެއް އިންތިހާބު ކުރަން ނިންމާފައިވާތީ އެރަށު ރައްޔިތުން އަންނަނީ ވަރަށް ބޮޑަށް ނުރުހުން ފާޅުކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް