ދަފްތަރު މީހަކަށް ގިނަ ނަންބަރުތަކެއް ދީފައި އެބަހުރި: އީސީ

މާލޭ ދަފްތަރުގައި އެކަކަށް ތަފާތު ގިނަ ނަމްބަރު ދީފައި އެބަހުރި ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވެއްޖެ އެވެ. ޝަރީފް ވިދާޅުވީ ދަފްތަރު ބެލިއިރު، ދަފްތަރުގައި މައްސަލައެއް އު...

31 Dec 2019 | 07:59

މާލޭ ދަފްތަރުގައި އެކަކަށް ތަފާތު ގިނަ ނަމްބަރު ދީފައި އެބަހުރި ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވެއްޖެ އެވެ.

ޝަރީފް ވިދާޅުވީ ދަފްތަރު ބެލިއިރު، ދަފްތަރުގައި މައްސަލައެއް އުޅޭކަން ފާހަގަކުރެވުނުކަމަށެވެ. އެގޮތުން ދަފްތަރުގައި ހިމެނޭ އެކަކަށް ގިނަ ނަމްބަރު ތަކެއް ދީފައި ހުރިކަން ފާހަގަކުރެވޭކަމަށް ޝަރީފް ވިދާޅުވި އެވެ.

ޝަރީފް ވިދާޅުވީ ވޯޓާޒް ލިސްޓް އެކުލަވާލާއިރު މި މައްސަލައަކީ ބޮޑު މައްސަލައަކަށް ވާނެކަމަށެވެ.

އިލެކްޝަންސް ކޮމިޝަންގެ އިންތިހާބާބެހޭ ޤައުމީ ލަފާދޭ ކޮމިޓީގެ ހަތަރު ވަނަ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އިލެކްޝަންސް ކޮމިޝަންގެ ރައީސް ޝަރީފް ވިދާޅުވީ ދަފްތަރުގެ ލިސްޓު މިއަދު ހާމަކުރުމަށް ގަސްތުކުރާކަމަށާއި، އަދި ލޯކަލް ކައުންސިލް އިންތިހާބުގައި މާލޭ ސިޓީގެ ދާއިރާތަކަށް ދަފްތަރުގައި ހިމެނޭ ފަރާތްތައް ބަހާފައިވާގޮތްވެސް ހާމަކުރައްވާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް