ބަލިމީހަކު ގޮވައިގެން ދަތުރަށްފެށި ސީ އެމްބިއުލާންސެއް އެކްސިޑެންޓުވެ، އަޑިއަށް ހިނގައްޖެއެވެ.
ނ. މާޅެންދޫ އިން ބަލި މީހަކު ގޮވައިގެން ދަތުރަށް ފެށި މި ލާންޗު އެކްސިޑެންޓުވީ މިއަދު ފަތިހު05:30 ހާއިރުއެވެ. އަދި އެކްސިޑެންޓު ހިނގަން މެދުވެރިވީ ނިކުންނަން އުޅެނިކޮށް ހިލަ ތޮށީގައި ޖެހިގެން ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.
ބަލި މީހާއާއި އޭގައި ތިބިމީހުން ލޯންޗުން ބޭލުވީ އެ ވަގުތު އެ ސަރަހައްދުގައި ތިބި މީހުން ކަމަށާއި އެއްވެސް އަނިޔާއެއް ނުވާ ކަމަށް މާޅެންދޫ ކައުންސިލުން މައުލޫމާތުދެއެވެ.
ބަލި މީހާ ފުލުހުންގެ ލޯންޗެއްގައި ފުރުވާލާފައިވާ އިރު، ސީއެމްބިއުލެންސް މާޅެންދޫ ފަޅު ތެރެއަށް ވަނީ އަޑިއަށް ގޮސްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް