ޑރ. ޖަމީލުގެ ތުހުމަތުތަކެއް ސަރުކާރަށް

ސަރުކާރު ތެރޭގައި ގޭންގް ހަދައިގެން ކޮރަޕްޝަން ހިންގާ ގްރޫޕެއް އެބައޮތްކަމަށް ބުނެ ކުރީގެ ނައުބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ސަރުކާރަށް ބޮޑެތި ތުހުމަތު ތަކެއް ކުރައްވައިފިއެވެ. ޖަމީލު ވިދާޅު...

31 Dec 2019 | 05:39

ސަރުކާރު ތެރޭގައި ގޭންގް ހަދައިގެން ކޮރަޕްޝަން ހިންގާ ގްރޫޕެއް އެބައޮތްކަމަށް ބުނެ ކުރީގެ ނައުބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ސަރުކާރަށް ބޮޑެތި ތުހުމަތު ތަކެއް ކުރައްވައިފިއެވެ.

ޖަމީލު ވިދާޅުވީ ކުންފުނިތަކަށް ބަދަލު ދިނުމުގެ ނަމުގައި ސަރުކާރުން ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ދޮރުތައް ހުޅުވާލާފައިވާ ކަމަށެވެ.

އެބޭފުޅާ އިތުރަށް ވިދާޅުވީ، ޖުޑީޝަރީގައި ބަދަލުވީ ހަމައެކަނި މޫނުތައް އެކަނި ކަމަށާއި، ދައުލަތުގެ  ވެރިޔަކީ ކާކުކަން ނޭނގޭ ހިސާބަށް ކަންކަން ހިނގައްޖެ ކަމަށެވެ.

މީގެ އިތުރުން ވެސް ޖަމީލް ވިދާޅުވީ އަހަރު ނިމުނުއިރު ގައުމުގެ އިޤްތިޞާދުގައި ދިރުމެއް ނެތް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް