ފަނޑިޔާރުންނަށް ސުއޫދު ކުރެއްވި ތުުހުމަތުތައް ސުޕްރީމް ކޯޓުން ބަލަނީ

ގޭންގުތަކާއި ބައެއް ފަނޑިޔާރުންނާއި ގުޅުން އޮންނަ ކަމަށް ބުނެ މަރުތަކާއި ގެއްލިފައިވާ މީހުންގެ މައްސަލަ ބެލުމަށް އުފައްދާފައިވާ ކޮމިޝަނުގެ ރައީސް ހުސްނުއް ސުއޫދު ދެއްކެވި ވާހަކަތައް ސުޕްރީމް ކޯޓުން ބަ...

31 Dec 2018 | 18:57

ގޭންގުތަކާއި ބައެއް ފަނޑިޔާރުންނާއި ގުޅުން އޮންނަ ކަމަށް ބުނެ މަރުތަކާއި ގެއްލިފައިވާ މީހުންގެ މައްސަލަ ބެލުމަށް އުފައްދާފައިވާ ކޮމިޝަނުގެ ރައީސް ހުސްނުއް ސުއޫދު ދެއްކެވި ވާހަކަތައް ސުޕްރީމް ކޯޓުން ބަލަން ފަށައިފި އެވެ.

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން މިއަދު ނެރުނު ނޫސް ބަޔާނުގައި ބުނީ ސުއޫދު ދެއްކެވި ވާހަކަތަކުގައި ސުޕްރީމް ކޯޓުން ކަންބޮޑުވާ ކަންކަން އެބަހުރި ކަމަށެވެ. އެހެންވެ އެ ވާހަކަތަކުގެ ހަގީގަތް ހޯދައި އެކަމާ ގުޅިގެން ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް އެކަމާ ގުޅޭ މައުލޫމާތާއި ގުޅުން ހުރި ހެކިތަކުގެ މައުލޫމާތު އެ ކޯޓާއި ހިއްސާ ކުރުމަށް ކޮމިޝަނުގައި މިހާރު އެދިފައިވާ ކަމަށް ބަޔާނުގައިވެ އެވެ.

އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސުއޫދު ވިދާޅުވީ އެ ކޮމިޝަނަށް ހުށަހެޅިފައިވާ މައްސަލަތައް ކިތަންމެ ވަރަކަށް ބެލިޔަސް ކްރިމިނަލް ކޯޓުގައި މިހާރު ތިއްބެވި ފަނޑިޔާރުން ތިއްބަވައިގެން އިންސާފު ލިބިދާނެ ކަމަށް ގަބޫލު ނުކުރެއްވޭ ކަމަށެވެ.

"ހަމަ އެގޮތަށް ފަނޑިޔާރުންނަށް ނުފޫޒު ފޯރުވާފައި އެބަހުރި. އަނެއްކާ ފަނޑިޔާރުންގެ ސެކިއުރިޓީއަށް ބައެއް ގޭންގުތައް ބޭނުންކޮށްފައި އެބަހުރި. ބައެއް ގޭންގުތަކަށް އެބަ އޮވޭ ކޯޓާއެއް ލިބިފައި ފަނޑިޔާރުން އައްޔަން ކުރަން ބައެއް ކޯޓްތަކަށް. ކްރިމިނަލް ކޯޓަށް މިވެނި ގޭންގަކުން ކޯޓާއެއް. ގޭންގުން ނޯމިޓޭޓްކުރާ ފަނޑިޔާރުން ކޯޓުތަކުގައި ތިބުން. ހިނގާފައި ހުރި ކަންތައްތައް މިއީ،" ސުއޫދު ވިދާޅުވި އެވެ.

ސުއޫދު ޖުޑީޝަރީއާއި ގުޅޭގޮތުން މިފަދަ ވާހަކަތަކެއް ދެއްކެވި އިރު ސުއޫދު ހުންނެވީ މިދޔަ ސެޕްޓެމްބަރު 25 ވަނަ ދުވަހުން ފެށިގެން ސުޕްރީމް ކޯޓުން ސަސްޕެންޑު ކޮށްފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް