މާމެންދޫގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ޒުވާނަކު މަރުވެއްޖެ

ގއ. މާމެންދޫގައި މިރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ޒުވާނަކު މަރުވެއްޖެ އެވެ. މަރުވެފައިވަނީ އެއަތޮޅު ވިިލިނގިލީ ރިޔާޒު، އަފްސަލް ޔާސިރު 32 އެވެ. އޭނާ އެރަށަށް ގޮސްގެން އުޅުނީ މިރޭ އޮންނަ ބޮޑު...

31 Dec 2018 | 18:03

ގއ. މާމެންދޫގައި މިރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ޒުވާނަކު މަރުވެއްޖެ އެވެ.

މަރުވެފައިވަނީ އެއަތޮޅު ވިިލިނގިލީ ރިޔާޒު، އަފްސަލް ޔާސިރު 32 އެވެ. އޭނާ އެރަށަށް ގޮސްގެން އުޅުނީ މިރޭ އޮންނަ ބޮޑުބެރު ޝޯއަކަށް ކަމަށްވެ އެވެ.

މި އެކްސިޑެންޓު ހިނގާފައިވަނީ މާމެންދޫ ބަނދަރު ސަރަހައްދުން ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ދެ ސައިކަލު ޖެހިގެންނެވެ. މި ހާދިސާގައި އިތުރު މީހަކަށް އަނިޔާވެފައިވާއިރު އެމީހާއަށް ވިލިނގިލީ އަތޮޅު ހޮސްޕިޓަލުން ދަނީ ފަރުވާދެމުންނެވެ.

އަތޮޅު ހޮސްޕިޓަލްގެ ޑިރެކްޓަރު، މުހައްމަދު ޝަމްވީލް މީޑިއާގައި ވިދާޅުވީ އަފްސަލް އެ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް އޮތީ މަރުވެފައި ކަމަށެވެ.

ފުލުހުން ބުނީ އެ ހާދިސާ ތަހުގީގު ކުރަމުންދާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް