ޔޫއޭއީއަށް ވިސާ ނުލައި ދަތުރު ކުރެވޭގޮތަށް ހަމަޖައްސައިފި

ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އަށް ވިސާއާ ނުލައި ދިވެހިންނަށް ދަތުރުކުރެވޭ ގޮތަށް ހަމަޖައްސައިފި އެވެ. މިގޮތަށް އަމަލު ކުރަންފަށާނީ މާދަމާއިން ފެށިގެންނެވެ. ޔޫއޭއީ އަށް ވިސާއާ ނުލައި ދަތުރު ކު...

31 Dec 2018 | 09:36

ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އަށް ވިސާއާ ނުލައި ދިވެހިންނަށް ދަތުރުކުރެވޭ ގޮތަށް ހަމަޖައްސައިފި އެވެ.

މިގޮތަށް އަމަލު ކުރަންފަށާނީ މާދަމާއިން ފެށިގެންނެވެ. ޔޫއޭއީ އަށް ވިސާއާ ނުލައި ދަތުރު ކުރެވޭ ގޮތް ހަމަޖައްސަވާނެ ކަމަށް އިއުލާންކޮށްފައި ވަނީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އެ ގައުމަށް ކުރެއްވި ރަސްމީ ދަތުރެއްގަ އެވެ.

އެކަމާ ގުޅޭގޮތުން މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ހަލީލް  ވިދާޅުވީ ހުރިހާ ކެޓަގަރީއެއްގެ ޕާސްޕޯޓް ގެންގުޅޭ މީހުންނަށް ވެސް ވިސާއާ ނުލައި މާދަމާ އިން ފެށިގެން ޔޫއޭއީ އަށް ދަތުރު ކުރެވޭނެ ކަމަށެވެ. އޭނާ ވިދާޅުވީ ވިސާ އާއި ނުލާ އެގައުމުގައި ދިވެހިންނަށް 30 ދުވަސް ހޭދަ ކުރެވޭނެ ކަމަށެވެ.

އޭނާ ވިދާޅުވީ ދިވެހިންނަށް ވިސާ ނުލައި ޔޫއޭއީއަށް ދަތުރުކުރުމުގެ ހުއްދަ ދިނުމުގެ ގޮތުން ނިންމަންޖެހޭ ނިންމުންތައް ނިންމާ އެއާލައިންތަކަށްވެސް އެކަން އެ ގައުމުގެ ސަރުކާރުން އަންގާފައިވާ ކަމަށެވެ.

މީގެ އިތުރުން އެހެން ގައުމުތަކަކަށްވެސް ވިސާ ނުލައި ދެވޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން ވަކިވަކި ގައުމުތަކާއި އެކު މަޝްވަރާތައް ފަށާފައިވާ ކަމަށް ވިދާޅުވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް