ސިންގަޕޫރުގައި ދުންފަތުގެ އިސްތިއުމާލު ކުރެވޭނެ އެންމެ ހަގު އުމުރަކީ 19 ކަމުގައި ކަނޑައަޅަނީ

ސިންގަޕޫރުގައި 18 އަހަރު ފުރުނަސް، 19 އަހަރު ނުފުރެނީސް ދުންފަތުގެ އިސްތިއުމާލު ކުރުން މަނާ ވާގޮތަށް ކަނޑައަޅަން ނިންމައިފިއެވެ. ސިންގަޕޫރުގެ މިނިސްޓްރީ އޮފް ހެލްތުން ނެރުނު ބަޔާނެއްގައި ވާގޮތުގައި މި...

31 Dec 2018 | 08:00

ސިންގަޕޫރުގައި 18 އަހަރު ފުރުނަސް، 19 އަހަރު ނުފުރެނީސް ދުންފަތުގެ އިސްތިއުމާލު ކުރުން މަނާ ވާގޮތަށް ކަނޑައަޅަން ނިންމައިފިއެވެ.

ސިންގަޕޫރުގެ މިނިސްޓްރީ އޮފް ހެލްތުން ނެރުނު ބަޔާނެއްގައި ވާގޮތުގައި މިފެށޭ 2019 ވަނަ އަހަރުގެ ޖެނުއަރީ އެއްވަނަ ދުވަހުން ފެށިގެން ދުންފަތުގެ އިސްތިއުމާލު ކުރުމަށާއި، ވިއްކުމަށާއި، ގަތުމަށާއި އަދި އެ އުފުލުމަށް ކަނޑައަޅާފައިވާ އެންމެ ހަގު އުމުރަކީ 19 އަހަރު ކަމުގައެވެ.

ދުންފަތުގެ އިސްތިއުމާލު ކުރެވޭނެ އެންމެ ހަގު އުމުރު މިހެން ކޮންމެ އަހަރެއްގެވެސް ޖެނުއަރީ މަހު ބޮޑުވަމުން ގޮސް 2021 ގައި، 21 އަހަރު ދުންފަތުގެ އިސްތިއުމާލު ކުރެވޭ އެންމެ ހަގު އުމުރަކަށް ވެގެންދާނެ ކަމުގައި ސިންގަޕޫރުން ބުނެއެވެ.

ދުންފަތުގެ އިސްތިއުމާލު ކުރުމަށް ހާއްސަ 40 ތަނެއް އޮޗާރޑް ރޯޑުގައި ގާއިމުކުރުމުން، އެ މަގުގައިވެސް ދުންފަތުގެ އިސްތިއުމާލު ކުރާވަރު ހިފެހެއްޓިގެން ދާނެ ކަމަށާއި އަދި ކާތަންތަނުގައިވެސް ދުންފަތުގެ އިސްތިއުމާލު ކުރުން މިފެށޭ އަހަރުގެ ޖެނުއަރީ އެއްވަނަ ދުވަހުން ފެށިގެން މަނާކުރަން ނިންމާފައިވެސް، އެމުއްދަތު ލަސްކޮށްލީ ވިޔަފާރިތަކަށް ތައްޔާރުވެއްލަން ކުޑަ މުއްދަތެއް ދިނުމުގެ ގޮތުން ކަމުގައި އެ ބަޔާނުގައި ބުނެފައިވެއެވެ.

ސިންގަޕޫރުގެ ތިމާވެއްޓާއި ބެހޭ އިދާރާއިން ބުނާގޮތުގައި، އެ ގަވައިދު ތަންފީޒުކުރަން ފަށާ މުއްދަތުން ފެށިގެން ފުރަތަމަ ތިން ހަފްތާ ތެރޭގައި މަނާކުރެވިފައިވާ ސަރަހައްދުތަކުގައި ދުންފަތުގެ އިސްތިއުމާލު ކުރާ މީހުންނަށް ނަސޭހަތް ދީފައި ދޫކޮށްލާނެއެވެ. ނަމަވެސް، އޭޕްރީލް އެކަކުން ފެށިގެން ފިޔަވަޅު އަޅަން ފަށާނެކަމަށް ބުނެފައިވެއެވެ.

އަދި ލިބޭ މައުލޫމާތު ތަކަށް ބަލާފައި ދުންފަތުގެ އިސްތިއުމާލު ކުރުން މަނާ ސަރަހައްދުތަކުގައި ކެމެރާ ހަރުކޮށްވެސް ހަދާނެ ކަމަށްވެސް ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް