ސިޔާސީ ދާއިރާއަށް ނިކުންނަން އުޅޭ ކަމުގެ އިސާރާތެއް، މަޝްހޫރު ފިލްމީ ތަރި އަދި މިހާރު ރެފިއުޖީންގެ ހައްގުގައި މަސައްކަތްކުރާ އެމްބެސެޑަރު އެންޖެލީނާ ޖޯލީ ކޮށްފިއެވެ.
އޭނާ އެފަދަ އިސާރާތެއް ކޮށްފައިވަނީ މިދިޔަ ހުކުރު ދުވަހު ދިން އިންޓަވިއުއެއްގައެވެ.
އެންޖެލީނާ ޖޯލީ ބުނެފައިވަނީ ކޮންމެވެސް ދުވަހަކުން ސިޔާސީ ދާއިރާއަށް ނިކުންނަން އެބަޖެހޭ ކަމަށާއި އެކަން ކުރާނީ ރެފިއުޖީންނާއި އަންހެނުންގެ ހައްގުގައި ކަމަށެވެ.
"މީގެ 20 އަހަރު ކުރިން ތި ސުވާލުކުރި ނަމަ ހަމަ އެކަނި ހިނިގަނޑަކުން ފުއްދާލެވިދާނެ، އެހެނަސް މިހާރު ހާލަތު ކަންކަމުގަ ވަރަށް ސީރިއަސް" އެންޖޮލީނާ ބުނެފައިވެއެވެ.
ކުރިން ފިލްމު ކުޅުނު ނަމަވެސް މިހާރު ފިލްމީ ދާއިރާއާއި ދުރުގައި އުޅެމުން އަންނަ އެންޖެލީނާ ޖޯލީ މިހާރު ހަރަކާތްތެރިވަމުން އަންނަނީ އދގެ އެމްބެސެޑަރެއްގެ ގޮތުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް