ކާދަރު ހާންގެ ހާލު ވަރަށް ސިރިއަސް، އެކަމަކު މަރެއް ނުވޭ: ޝަރްފަރާޒް

ބޮލީވުޑްގެ ކުރީގެ މަޝްހޫރު ބަތަލް ކާދަރް ހާން މަރު ނުވާކަމަށް އޭނާގެ ދަރިފުޅު ބުނެފި އެވެ. އުމުރުން ދުވަސްވެ ބަލިހާލަތު ބޮޑުވެ ފިލްމު ނުކުޅެވެން ފެށުމުން ކާދަރުގެ ދަރިފުޅު ޝަރްފަރާޒް ހާންގެ އެދުމުގެ މ...

31 Dec 2018 | 07:03

ބޮލީވުޑްގެ ކުރީގެ މަޝްހޫރު ބަތަލް ކާދަރް ހާން މަރު ނުވާކަމަށް އޭނާގެ ދަރިފުޅު ބުނެފި އެވެ.

އުމުރުން ދުވަސްވެ ބަލިހާލަތު ބޮޑުވެ ފިލްމު ނުކުޅެވެން ފެށުމުން ކާދަރުގެ ދަރިފުޅު ޝަރްފަރާޒް ހާންގެ އެދުމުގެ މަތިން އޭނާ މިހާރު ދިރިއުޅެނީ ދަރިފުޅާއި އެކު ކެނެޑާގައި އެވެ. އެ ގައުމުގައި ދިރިއުޅޭތާ އަހަރެއްހާ ދުވަސްވެއްޖެ އެވެ.

ކުއްލިގޮތަކަށް ހާލު ދެރަވެ ކާދަރް ހާން ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައިވަނީ މީގެ ދެ ދުވަސް ކުރިންނެވެ. މިއަދު ވަނީ އޭނާ މަރުވެއްޖެ ކަމަށް ބުނެ އިންޑިއާގެ ނޫސްތަކުގައި ރިޕޯޓުކޮށްފައި އެވެ.

އެކަމަށް ރައްދުދީ ޝަރްފަރާޒް ބުނެފައިވަނީ ބައްޕަގެ ހާލު ސީރިއަސްވެ ފަރުވާދެމުންދަނީ ވެންޓިލޭޓަރުގައި ކަމަށެވެ. އެކަމަކު ބައްޕަ މަރުވި ކަމަށް ބުނެ ދެކެވޭ ވާހަކަތައް އޭނާ ވަނީ ދޮގުކޮށްފައި އެވެ. އޭނާ އެދިފައިވަނީ ބައްޕައަށް ހެޔޮ ދުއާ ކޮށްދިނުމަށެވެ.

ކާދަރު ފަރުވާ ހޯދަމުންދަނީ ވާގިނެތޭ ބައްޔާއި ވެއްޓޭ ބައްޔަށް ކަމަށްވެ އެވެ.

ކާދަރު ހާން ބޮލީވުޑާށް ތައާރަފުވީ 1973 ވަނަ އަހަރު "ދާގް" ކިޔާ ފިލްމަކުންނެވެ. އޭގެ ފަހުން ބަލިވުމާއި ހަމައަށް 300 އަށްވުރެ ގިނަ ފިލްމު ކުޅެފައިވެ އެވެ. އަދި 250 ފިލްމެއްގެ ވާހަކަ ލިޔެފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

މިހާރު އޭނާގެ އުމުރަކީ 81 އަހަރެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް