ކަނދުފަތިތައް ކައިރީގަ މުނިފޫހިފިލުވަން މަސް ބާނާނަމަ ފިޔަވަޅު އަޅަނީ

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ސަރުކާރުން ގާއިމްކޮށްފައިވާ އޮއިވާލި ކަނދުފަތިތައް ކައިރީގައި ގަވައިދާ ހިލާފަށް މަސްވެރިކަން ކުރާ ނަމަ ފިޔަވަޅު އަޅާނެ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފި އެވެ. އެ މިނ...

31 Dec 2018 | 06:36

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ސަރުކާރުން ގާއިމްކޮށްފައިވާ އޮއިވާލި ކަނދުފަތިތައް ކައިރީގައި ގަވައިދާ ހިލާފަށް މަސްވެރިކަން ކުރާ ނަމަ ފިޔަވަޅު އަޅާނެ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީން ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ ކަނދުފަތި ތަކުގެ ކައިރީގައި މަސްވެރިކަން ކުރާއިރު ތިން މޭލު ކައިރީގައި މަސްވެރިކަން ކުރުމަކީ މަނާ ކަމެއް ކަމަށް އެމިނިސްޓްރީން ހަދާފައިވާ ގަވައިދެއްގައި ބުނެފައިވާނެ ކަމަށެވެ. އެކަމަކު އެއާ ހިލާފަށް ބައެއް މަސްވެރިކަން ކުރާ ދޯނި ފަހަރުތަކުން އަމަލު ކުރަމުންދާ ކަމުގެ ޝަކުވާ ލިބެމުންދާ ކަމަށެވެ.

މިނިސްޓްރީން ބުނީ ފަހަކަށް އައިސް މުނިފޫހިފިލުވުމުގެ ގޮތުންވެސް ކަނދުފަތިތައް ކައިރީގައި މަސްވެރިކަން ކުރަމުން ދާ ކަމަށެވެ. އެގޮތުން އެ ސަރަހައްދުތަކުގައި ދިރޭ އެން ޖަހައި ފައްތައިގެން މަސްވެރިކަން ކުރުމުންދާ ކަމަށާއި އެކަން އެގޮތަށް ނުކުރުމަށް އިލްތިމާސް ކުރާ ކަމަށެވެ.

މިނިސްޓްރީން ބުނީ އެކަން ހައްލު ކުރުމަށް އެމްއެންޑީއެފްއާއި ގުޅިގެން ކުރިވިދާނެ ކަންކަމާއި ގުޅޭގޮތުން މަޝްވަރާ ކުރަމުންދާ ކަމަށެވެ. ރާއްޖޭގެ އެކި ސަރަހައްދު ތަކުގައި 55 އޮއިވާލި ކަނދުފަތި ހަރުކޮށް ދަނީ ބަލަހައްޓަމުންނެވެ.

އޮއިވާލި ކަނދުފަތީގެ ވިގުއަކީ ދޮށީގެ މަސްވެރިކަަމަށް ހާއްްސަކޮށްގެން ހަދާފައިވާ ކަނދުފަތި ތަކެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް