ރައީސް ޔާމީން އަބަދުވެސް އުޅުއްވާނީ ފައިސާގެ ހީލަތްތެރި ރޭވުމެއްގަ: ރިޔާޒް

ރައީސް ޔާމީން އެހެން ސިޔާސީ ޕާޓީއެއް އުފެެއްދުމަކީ ދަރަނި ނުދެއްކުމުގެ ނިޔަތުގައި ކުރެއްވި ކަމެއް ކަމަށް ޖުމްހޫރީ ޕާޓީގެ ޕާލިމެންޓްރީ ގުރޫޕުގެ ލީޑަރު އަބްދުﷲ ރިޔާޒު ވިދާޅުވެއްޖެއެވެ. ކިނބިދޫ ދާއިރާގެ ...

31 Dec 2018 | 06:35

ރައީސް ޔާމީން އެހެން ސިޔާސީ ޕާޓީއެއް އުފެެއްދުމަކީ ދަރަނި ނުދެއްކުމުގެ ނިޔަތުގައި ކުރެއްވި ކަމެއް ކަމަށް ޖުމްހޫރީ ޕާޓީގެ ޕާލިމެންޓްރީ ގުރޫޕުގެ ލީޑަރު އަބްދުﷲ ރިޔާޒު ވިދާޅުވެއްޖެއެވެ.

ކިނބިދޫ ދާއިރާގެ މެމްބަރު ރިޔާޒު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ދައުލަތުގެ ކުންފުނިތަކަށް އެތައް ފައިސާއެއްގެ ދަރަނި އޮއްވާ ކުރީގެ ރައީސް ޔާމީން އެހެން ސިޔާސީ ޕާޓީއެއް އުފެއްދުމަކީ ދަރަނި ނުދެއްކުމުގެ ނިޔަތުގައި ކުރެއްވި ކަމެއް ކަމަށެވެ.

https://twitter.com/riyazabdulla/status/1079261442912575488

ޕީޕީއެމް ދަރުވާލާފައި އެހެން ޕާޓީއެއް އުފެއްދީމަވެސް ހަމަ އަތްޖަހަންވީތޯ؟ ރިޔާޒް ސުވާލު އުފައްދަވާފައިވާއިރު، އަދި ރައީސް ޔާމީން އަބަދުވެސް އުޅުއްވަނީ ފައިސާގެ ހީލަތްތެރި ރޭވުމެއްގައި ކަމަށްވެސް ރިޔާޒު ކުރެއްވި ޓުވީޓުގައި ވިދާޅުވިއެވެ.

އެހެންނަމަވެސް ރައީސް ޔާމީން ނޫސްވެރިންނާ ބައްދަލުކުރައްވައި، ވިދާޅުވެފައިވާ ގޮތުގައި އާ ޕާޓީއެއް އުފެއްދުމަށް މަސައްކަތް ކުރައްވަނީ ޕީޕީއެމްގެ މުސްތަގުބަލު އޮންނާނެ ގޮތް ސާފު ނުވާތީ ކަމަށާއި، އަދި ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމަނިކުފާނާއި އެއްކޮށް ތިއްބެވި ފަރާތްތަކުން ތަމްސީލު ކުރާނެ ސިޔާސީ ޕްލެޓްފޯމެއް ބޭއްވުމުގެ ގޮތުން ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް