މޫސުމާއި ބެހޭ ގައުމީ އިދާރާއިން، މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ބައެއް އަތޮޅަކަށް ވައިޓް އެލާރޓް ނެރެފިއެވެ.
ވައިޓް އެލާރޓް ނެރެފައި ވަނީ ތ އަތޮޅުން ގދ އަތޮޅާއި ދެމެދުގެ ރަށްތަކަށެވެ. ވައިޓް އެލާރޓް ނެރެފައިވަނީ މިއަދު ހެނދުނު 6:20 އިން މެންދުރު 11:20 ގެ ނިޔަލަށެވެ. މީގެ އިތުރުން ދެކުނުގެ ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށްވެސް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން މަޢުލޫމާތު ދެއެވެ. އަދި ބައެއް ރަށްރަށަށް ބޯކޮށް ވާރޭ ވެހުން އެކަށިގެންވާކަމަށާއި، މެދުތެރޭގެ އަތޮޅުތަކަށް ކެރީގެ އަސަރު ފޯރި ނަމަވެސް އުތުރުގެ މޫސުް އާދައިގެ ވަރަކަށް ރަނގަޅުވާނެކަމަށް މެޓް އޮފީހުން މަޢުލޫމާތު ދެއެވެ.
މެޓް އޮފީހުން ބުނީ ވައިޖެހޭނީ އިރުއުތުރާއި އިރުން، ނޫނު އަތޮޅުން ފެށިގެން ލާމު އަތޮޅު ހިމެނޭ ސަރަހައްދުގައި 15 މޭލާއި 23 މޭލާއި ދެމެދުގެ ބާރުމިނުގައި ކަމަށާއި އެހެން ހިސާބުތަކަށް ގަޑިއަކު 05 މޭލާއި 15 މޭލާއި ދެމެދުގެ ބާރުމިނުގައި ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 35 މޭލާއި 40 މޭލާ ދެމެދުގެ ބާރުމިނަކަށް ވައިގަދަވުން އެކަށީގެންވާ ކަމަށް ވެސް މެޓް އޮފީހުން މައުލޫމާތުދެ އެވެ.
ނޫނު އަތޮޅުން ފެށިގެން ލާމު އަތޮޅު ހިމެނޭ ސަރަހައްދުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަަމަށްވެސް އެއިދާރާއިން ވަނީ ބުނެފަ އެވެ. އަދި އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށްް ގަދަވާނެ ކަަމަށްވެސް މެޓް އޮފީހުން ވަނީ ބުނެފަ އެވެ. ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް