އައްޑޫސިޓީ މަރަދޫފޭދޫ ބޮޑުމަގުގައި މިރޭ އެކްސިޑެންޓެއް ހިނގައިފި އެވެ.
އައްޑޫގައި ހިންގަމުން އަންނަ ނޫހެއް ކަމުގައިވާ އައްޑޫލައިވްގައި ރިޕޯޓް ކޮށްފައިވާގޮތުގައި މި އެކްސިޑެންޓް ހިނގާފައި ވަނީ ބޮޑު މަގުން ދެކޮޅަށް ދުއްވާފައި ދިޔަ 2 ސައިކަލް ޖެހިގެންނެވެ.
އެކްސިޑެންޓްގައި އަނިޔާވި ދެ މީހުންނަށް ސިއްހީ މަރުކަޒުގައި ފަރުވާދެމުން އަންނައިރު އެމީހުންނަށް ލިބުނު އަނިޔާތަކުގެ ތަފްސީލު އަދި ލިބިފައި ނުވާކަމަށް އެ ނޫހުން ރިޕޯޓް ކޮށްފައި ވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް