މިހާރު ރާއްޖެއަށް ކުރަމުން އަންނަ ވިއްސާރައިގާ، މ އަތޮޅާއި އައްޑޫ ސިޓީއާއި ދެމެދަށް ޔެލޯ އެލާޓް ނެރެފި އެވެ.
މޫސުމާއިބެހޭ ގައުމީ އިދާރާއިން މި ޔެލޯ އެލާޓް ނެރެފައިވަނީ މިއަދު ހަވީރު 04:30 ގައި އެވެ.
މެޓް އޮފީހުން ނެރެފައިވާ ޔެލޯ އެލާޓްގައި ބުނެފައިވަނީ މިއަދު ހަވީރު 5:00 އާއި މިރޭ 9:00 އާއި ދެމެދުގެ ވަގުތުތަކުގައި މީމު އަތޮޅާއި އައްޑޫ ސިޓީއާއި ދެމެދުގެ ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހުން އެކަށީގެންވާކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް