މާކުރަތު ފަރަށް ސަފާރީ ބޯޓެއް އުރިއްޖެ

"އެޓޯލް ޖޭޑު" ނަމަކަށް ކިޔާ ސަފާރީ ބޯޓެއް ރ. މާކުރެތު ނެރު ކައިރީ ފަރަށް އުރިގެން، އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑުން އެހީތެރިކަން ފޯރުކޮށްދޭން ފަށައިފިއެވެ. އެމްއެންޑީއެފުން ބުނީ މި ހާދިސާގެ މ...

31 Dec 2017 | 12:20

"އެޓޯލް ޖޭޑު" ނަމަކަށް ކިޔާ ސަފާރީ ބޯޓެއް ރ. މާކުރެތު ނެރު ކައިރީ ފަރަށް އުރިގެން، އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑުން އެހީތެރިކަން ފޯރުކޮށްދޭން ފަށައިފިއެވެ.

އެމްއެންޑީއެފުން ބުނީ މި ހާދިސާގެ މައުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑަށް ލިބިފައިވަނީ މިއަދު މެންދުރު 12:41 ހާއިރު ކަމަށެވެ.

"މި ހާދިސާގެ ރިޕޯރޓް އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑަށް ލިބުމާއި އެކު ޑައިވަރުންގެ ޓީމަކާއި އެކު އެމްއެންޑީއެފް ފާސްޓް އިންޓަރސެޕްޓަރ ކްރާފްޓް "ފާމުލަދޭރި" ވަނީ އެސަރަހައްދަށް ގޮސް އެހީތެރިކަން ފޯރުކޮށްދޭން ފަށާފައި" އެމްއެންޑީއެފުން ބުނެ އެވެ.

މި ސަފާރީ ބޯޓު ފަރަށް އުރުނު އިރު ބޯޓުގައި ފަޅުވެރިންނާއި އެކު 37 މީހުން ތިބި އިރު، މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވާ ކަމަށާއި ބޯޓުގައި ތިބި މީހުން ވަނީ ރ. މާކުރަތަށް ބާލާފައިވާކަމުގައި އެމްއެންޑީއެފުން ބުނެ އެވެ.

މި ބޯޓު ފުންކުރުމުގެ މަސައްކަތް އެމްއެންޑީއެފް ނޮދަން އޭރިއާގެ ސިފައިން ބޯޓުގެ ވެރިފަރާތާއި ގުޅިގެން ދަނީ ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް