އިންޑިއާގެ "ލޯ ކޯސްޓް" އެއާލައިން "ގޯ އެއާ" އިން ރާއްޖެއަށް ދަތުރުތައް ފަށަނީ

އިންޑިއާގެ "ލޯ ކޯސްޓް" އެއާލައިނެއް ކަމުގައިވާ "ގޯ އެއާ" އިން އިންޑިއާއި ރާއްޖެއާއި ދެމެދު ދަތުރުތައް ފެށުމުގެ ހުއްދައަކަށް، އެގައުމުގެ ސިވިލް އޭވިއޭޝަން ކުރެން އެ އެއާލައިނުން އެދިއްޖެ އެވެ. ގޯ އެއާ ...

31 Dec 2017 | 05:59

އިންޑިއާގެ "ލޯ ކޯސްޓް" އެއާލައިނެއް ކަމުގައިވާ "ގޯ އެއާ" އިން އިންޑިއާއި ރާއްޖެއާއި ދެމެދު ދަތުރުތައް ފެށުމުގެ ހުއްދައަކަށް، އެގައުމުގެ ސިވިލް އޭވިއޭޝަން ކުރެން އެ އެއާލައިނުން އެދިއްޖެ އެވެ.

ގޯ އެއާ އަކީ ސްޕައިސް ޖެޓް އަދި އިންޑިގޯ ފަދައިން، 2005 ވަނަ އަހަރު ހިދުމަތް ދޭން ފެށި ކުންފުންޏެކެވެ. މި ކުންފުނީގެ ހިދުމަތް އަދި ދެމުން އަންނަނީ ހަމަ އެކަނި އިންޑިއާގެ އެތެރޭގެ އުދުހުންތަކަށެވެ.

އިންޑިއާގެ ޑިރެކްޓޮރޭޑް ޖެނެރަލް އޮފް ސިވިލް އޭވިއޭޝަނުން ހާމަކޮށްފައިވާގޮތުގައި ގޯ އެއާ އިން ރާއްޖެއާއި ދެމެދު ދަތުރުތައް ކުރުމަށް އެދިފައިވަނީ އިންޑިއާގެ މުމްބައި އާއި ރާއްޖެއާއި ދެމެދު ދަތުރުތައް ކުރުމަށެވެ. އަދި މި ދަތުރުތައް ފަށާނެ ކަމަށް ބެލެވެނީ އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ފުރަތަމަ ހަފްތާގެ ތެރޭގައި ކަމުގައިވެސް ސިވިލް އޭވިއޭޝަނުން ބުނެފައި ވެ އެވެ.

އެ އޭވިއޭޝަނުން ހާމަކޮށްފައިވާގޮތުގައި އިންޑިއާއިން ބޭރަށް ދަތުރު ކުރުމަށް ގޯ އެއާ އަށް ހުއްދަ ދީފައި އޮންނަތާ ދުވަސްތަކެއް ވަނީ ވެފައި އެވެ.

މިކަމާއިމެދު އެ އެއާލައިނުން ބުނެފައިވަނީ ބައިނަލްއަގްވާމީ ދަތުރުތައް ފެށުން ލަސްވެގެން ގޮސްފައިވަނީ އެ އެއާލައިނަށް އޭ320 މަރުކާގެ އެއާބަސް ފްލައިޓްތަކެއް ލިބުން ލަސްވުމުން ކަމަށާއި މިހާރު ފްލީޓްގައި 31 ފްލައިޓް އޮތް އިރު ބައިނަލްއަގްވާމީ ދަތުރުތައް ފެށުމަށް އެ އެއާލައިނުން އެންމެ ފަހުގެ ތައްޔާރީތައް ވަމުން އަންނަ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް