ރައްޔިތުންގެ ކިބައިން މަހާތީރު މައާފަށް އެދިވަޑައިގެންފި

ބޮޑުވަޒީރު ކަމުގައި ހުންނެވި އިރު ހެދިފައިވާ ގޯސްތަކަށް، މެލޭޝިޔާގެ ކުރީގެ ބޮޑުވަޒީރު ޑރ. މަހާތީރު މުހައްމަދު މައާފަށް އެދިވަޑައިގެންފި އެވެ. ރައްޔިތުންގެ ކިބައިން މަހާތީރު މައާފަށް އެދިވަޑައިގެންނެވީ...

31 Dec 2017 | 02:31

ބޮޑުވަޒީރު ކަމުގައި ހުންނެވި އިރު ހެދިފައިވާ ގޯސްތަކަށް، މެލޭޝިޔާގެ ކުރީގެ ބޮޑުވަޒީރު ޑރ. މަހާތީރު މުހައްމަދު މައާފަށް އެދިވަޑައިގެންފި އެވެ.

ރައްޔިތުންގެ ކިބައިން މަހާތީރު މައާފަށް އެދިވަޑައިގެންނެވީ، ނިސްބަތްވެވަޑައިގަންނަވާ ޕާޓީގެ އަހަރީ އާންމު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައްޔިތުންގެ ކިބައިން މައާފަށް އެދެމުން މަހާތީރު ވިދާޅުވެފައިވަނީ އޭނާއަކީވެސް އެހެން އިންސާނުންފަދަ އިންސާނެއް ކަމަށާއި އެހެންކަމުން ގޯސްތަކެއް ހެދިފައިވުން، އަދި ކުށްތަކެއް ކުރެވިފައިވުން އެކަށީގެންވާކަމަށެވެ. އެހެންކަމުން އެކަން ކަމަށް ރައްޔިތުންގެ ކިބައިން މައާފަށް އެދޭ ކަމަށެވެ.

މަހާތީރު އެގައުމުގެ ރައްޔިތުންގެ ކިބައިން މައާފަށް އެދިފައިވާއިރު އެގައުމުގެ ބޮޑުވަޒީރު ކަމަށް އަލުން އެނބުރި އައުމަށް މަހާތީރު ވަނީ މަސައްކަތްޕުޅު ފައްޓަވާފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް