ގެރެތް ބޭލް ރިއާލް ދޫކޮށް ނުދާނެ: ފްލޮރެންޓީނޯ ޕެރޭޒް

ގެރެތް ބޭލް ރިއާލް މެޑްރިޑް ދޫކޮށް ނުދާނެކަމަށް ރިއާލްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް ބުނެފިއެވެ. 2013 ވަނަ އަހަރުގައި ޓޮޓެންހަމްއިން 85.3 މިލިއަން ޕައުންޑްގެ ޓްރާންސްފަރ ފީއަކަށް ރިއާލް މެޑްރިޑަށް ބަދަ...

31 Dec 2014 | 06:29

ގެރެތް ބޭލް ރިއާލް މެޑްރިޑް ދޫކޮށް ނުދާނެކަމަށް ރިއާލްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް ބުނެފިއެވެ.

2013 ވަނަ އަހަރުގައި ޓޮޓެންހަމްއިން 85.3 މިލިއަން ޕައުންޑްގެ ޓްރާންސްފަރ ފީއަކަށް ރިއާލް މެޑްރިޑަށް ބަދަލުވި ގެރެތް ބޭލް، އިނގެރޭސި ލީގުގެ މެންޗަސްޓަރ ޔުނައިޓެޑަށް ބަދަލުވާން އުޅޭކަމުގެ ވާހަކަތަކެއްވަނީ މީޑިއާގައި އާއްމުވެފައެވެ.

" މެންޗަސްޓަރ ޔުނައިޓެޑް އަދި އެހެން ކުލަބަކުންވެސް ގެރެތް ބޭލްއަށް ހުށައެޅުމެއް ނާދޭ. ރޮނާލްޑޯއާއި ނުލާ ރިއާލްއަށް ވާނެގޮތާމެދު ނުވިސްނޭ ފަދައިން ބޭލް އާއި ނުލާވެސް ރިއާލްއަށް ވެގެންދާނެ ގޮތާމެދު ވިސްނާލަންވެސް ނޭންގޭ." ޕެރޭޒް ސްޕެނިޝް ޕޭޕަރ މަރކާއަށް ދިން އިންޓަރވިއު އެއްގައި ބުނެފައިވެއެވެ.

ބޭލްއަކީ މުހިއްމު ކުޅުންތެރިއެއް ކަމަށާއި ކޮންމެ އަގެއް ހުށައެޅިއަސް ބޭލް ރިއާލް ދޫކޮށްނުލާނެ ކަމުގެ ޔަގީންކަން ޕެރޭޒްވަނީ ދީފައެވެ. ބޭލްވަނީ ވޭތުވެދިޔަ ސީޒަންގައި ރިއާލްއަށް ކޮޕާ ޑެލްރޭ އަދި ޗެމްޕިއަންސްލީގު ހޯދާދިނުމުގައި މުހިއްމު ރޯލެއް އަދާކޮށްފައެވެ. އެގޮތުން ދެ މުބާރާތުގެވެސް ފައިނަލްގައި ބޭލްވަނީ ގޯލް ޖަހާދީފައެވެ. މި މަހުގެ ތެރޭގައި ރިއާލް އުފުލާލި ފީފާ ކްލަބް ވާރލްޑް ކަޕްގެ ފައިނަލްގައިވެސް ބޭލްވަނީ ގޯލް ޖަހާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް