އާ އަހަރުގެ ޝޯގައި ބައިވެރިވުމށް ސަލީމް އާއި ސުލައިމާން ރާއްޖެ އަތުވެއްޖެ

ޓޫރިސްޓް އެރައިވަލް ކައުންޓްޑައުން ފާހަގަކުރުމަށް މިރޭ ބާއްވާ ޝޯގައި ލަވަ ހުށަހަޅައިދިނުމަށް އިންޑިއާގެ ދެ ލަވަކިޔުންތެރިން ކަމަށްވާ ސަލީމް މާޗަންޓާއި ސުލައިމާން މާޗަންޓް މިއަދު ރާއްޖެ އަތުވެއްޖެ އެވެ...

31 Dec 2014 | 05:55

ޓޫރިސްޓް އެރައިވަލް ކައުންޓްޑައުން ފާހަގަކުރުމަށް މިރޭ ބާއްވާ ޝޯގައި ލަވަ ހުށަހަޅައިދިނުމަށް އިންޑިއާގެ ދެ ލަވަކިޔުންތެރިން ކަމަށްވާ ސަލީމް މާޗަންޓާއި ސުލައިމާން މާޗަންޓް މިއަދު ރާއްޖެ އަތުވެއްޖެ އެވެ.

https://twitter.com/Ahmed_Adeeb/status/550160803567915008

ސަލީމް އާއި ސުލައިމާން ރާއްޖެ އައުމުން އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުން މަރުހަބާ ވިދާޅުވީ ޓުއަރިޒަމް މިނިސްޓަރު އަހުމަދު އަދީބެވެ. ސަލީމް އަދި ސުލައިމާނަކީ ލަވަ ހުށަހަޅައިދިނުމުގެ އިތުރުން ބޮލީވުޑްގެ ގިނަ ފިލްމުތަކަކަށް މިއުޒިކް ތައްޔާރު ކޮށްދީފައިވާ ދެބެންނެވެ.

މި ޝޯއަށް ސަލީމް އަދި ސުލައިމާން ރާއްޖެ އަތުވެފައިވާއިރު ޝޯއަށް ދައުވަތު ދީފައިވާ ޖަމައިކާގެ ރެޕް ލަވަކިއުންތެރިޔާ ޝޯން ޕޯލްވަނީ އޭނާއަށް ދިން މަރުގެ އިންޒާރާއި ގުޅިގެން ރާއްޖެ ނާންނަން ނިންމާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް