ބަނގުރާ ފުޅި ތަކަކާއެކު ހުޅުމާލެއިން ދެ ދިވެހިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
ފުލުހުން ބުނީ މި މައްސަލައާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ 21 އަހަރުގެ ފިރިހެނަކާއި 22 އަހަރުގެ ފިރިހެނެއް ކަމަށެވެ.
އެ ދެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައީ ހުޅުމާލޭގައި މަސައްކަތްކުރާ ފުލުހުން ރަށުތެރެ ޕެޓްރޯލް ކުރަމުންދަނިކޮށް ރޭ 22:40 ހާއިރު ހުޅުމާލެ، ގުލްޒާރުމާހިނގުމުން ސައިކަލެއްގައި ދުއްވާފައި ދިޔަ ދެ މީހެއްގެ ޢަމަލުތައް ހުރިގޮތުން ތުޙުމަތު ކުރެވިގެން ހުއްޓުވައި ބަލައި ފާސްކޮށް ކަމަށް ފުލުހުން ބުނެއެވެ.
އެ ދެ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ހަށިގަނޑާއި ގެންގުޅުނު ތަކެތި ބަލައިފާސްކުރިއިރު އެ ދެމީހުން ގެންގުޅުނު ދަބަހެއްގެ ތެރެއިން ދެ ފުޅި ބަނގުރާ ފެނިފައިވާކަމަށާއި މި މައްސަލަ ހުޅުމާލެ ޕޮލިސް ސްޓޭޝަނާއި ޑްރަގް އެންފޯސްމަންޓް ޑިޕާރޓްމަންޓް ގުޅިގެން ތަޙުޤީޤު ކުރަމުން އަންނަ ކަމަށްވެސް ފުލުހުން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް