މެލޭޝިޔާއާއި ސިންގަޕޫރު ވަކިވެ ސިންގަޕޫރަކީ ވަކި ގައުމެއްގެ ގޮތުގައި ނިންމިތާ އަންނަ 2015 ވަނަ އަހަރަށް 50 އަހަރު ފުރޭތީ އެކަމުގެ އުފަލުގައި 2015 ވަނަ އަހަރު އުފަންވާ ކުދިންނަށް ހާއްސަ ހަދިޔާތަތަކެއް ދިނުމަށް ސިންގަޕޫރުގެ ސަރުކާރުން ނިންމައިފި އެވެ.
އެގައުމުގެ ސަރުކާރުން ބުނެފައިވަނީ މި ހަރަކާތަކީ ސިންގަޕޫރުގެ ރަންޔޫބީލް ފާހަގަ ކުރުމަށް 2015 އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ޑިސެމްބަރުގެ ނިޔަލަށްކުރިއަށް ގެންދާނެ ހަރަކާތެއް ކަމަށާއި ޖެނުއަރީ 1 އިން ފެށިގެން އުފަންވާ ކުދިންނަށް ހާއްސަ ހަދިޔާތަކަކާއި އިނަޔަތްތަކެއް ދިނުމަށް ހަމަޖެހިފައިވާކަމަށެވެ. އަދި އޭގެ ތެރޭަގައި އެގައުމުން ބޭރުގައި އުފަންވާ ސިންގަޕޫރު ކުދިންނަށްެވެސް މި ހަދިޔާތައް ފޯރުކޮށްދޭނެ ކަމަށް ސިންގަޕޫރު ސަރުކާރުން ބުނެއެވެ.
އެގޮތުން 2015 ވަނަ އަހަރު އުފަންވާ ކުދިންނަށް ދިނުމަށް ހަމަޖެހިފައިވާ ހަދިޔާ ތަކުގެ ތެރޭގައި ރަންޔޫބީލާ ގުޅުވައިގެން ތައްޔާރުކޮށްފައިވާ "ބޭބީ ސްލިންގް" އާއި ދަބަހާއި އެކުދިންނަށް ހެދުމާއި މީގެ އިތުރުން އާންމުން ހިޔާރުކުރާ ބައެއް އިތުރު ހަދިޔާތައް ދިނުމަށް ހަމަޖެހިފައިވާކަމަށްވެސް ސިންގަޕޫރު ސަރުކާރުން ބުނެއެވެ.
ސިންގަޕޫރު ސަރުކާރުން މިގޮތަށް ނިންމާފައިވާއިރު އެގައުމުގެ މައި ބޭންކުންވެސް ވަނީ 2015 ވަނަ އަހަރު އަލަށް އުފަންވާ ކުދިންނަށް ހާއްސަ ހަދިޔާތަކެއް ދޭން ނިންމާފައެވެ އެގޮތުން އަތައް ލައްވާނެ އެއްޗެއްސާއި ކޮންމެ ކުއްޖަކަށް ސެލްފީ ސްޓިކަކާއި ފައިސާގެ ހަދިޔާއެސް ދިނުމަށް ސިންގަޕޫރުގެ މައި ބޭންކުން ވަނީ ނިންމާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް