ދެ އަހަރުގެ ކުއްޖެއްގެ އަތުން އެކުއްޖާގެ މަންމަ މަރުވެއްޖެ

އެމެރިކާގެ އަވަށެއް ކަމަށްވާ އިޑާހޯގައި ހުންނަ ވޯލްމާޓް ފިހާރައެއްގެ ތެރޭގައި ހިނގި ހިތާމަވެރި ހާދިސާއެއްގައި އުމުރުން އެންމެ ދެ އަހަރުގެ ކުއްޖެއްގެ އަތުން އޭނާގެ މަންމަ މަރުވެއްޖެ އެވެ. އެސޯޝިއޭޓެޑް ...

31 Dec 2014 | 02:06

އެމެރިކާގެ އަވަށެއް ކަމަށްވާ އިޑާހޯގައި ހުންނަ ވޯލްމާޓް ފިހާރައެއްގެ ތެރޭގައި ހިނގި ހިތާމަވެރި ހާދިސާއެއްގައި އުމުރުން އެންމެ ދެ އަހަރުގެ ކުއްޖެއްގެ އަތުން އޭނާގެ މަންމަ މަރުވެއްޖެ އެވެ.

އެސޯޝިއޭޓެޑް ޕްރެސް (އޭޕީ) އަށް ދީފައިވާ އިންޓަވިއުއެއްގައި އެ ސަރަހައްދުގެ ފުލުހުން ބުނެފައިވަނީ އަންހެން މީހާ މަރުވީ އޭނާ ގެންގުޅުނު އަތްދަބަހުގައި އޮތް ފިސްތޯލެއް އުމުރުން ދެ އަހަރުގެ ކުއްޖާ ނަގައިގެން އުޅުމުގެ ތެރޭގައިކަމަށެވެ. '

އެ ސަރަހައްދުގެ ފުލުހުން އިތުރަށް ބުނެފައިވަނީ އެ އަންހެން މީހާ މަރުވީ އެކުއްޖާގެ އަތުން ފިސްތޯލަ ޖެހުމުން ކަމަށާއި އެ އަންހެން މީހާ ފިހާރައަށް ގޮސް އުޅުނީ ގިނަ ކުދިންތަކަކާ އެކުގައި ކަމަށެވެ. އަދި އެއީ ހިނގި އެކްސިޑެންޓެއް ކަމަށާއި އެކަމަކީ ކުޑަކުއްޖާ ގަސްތުގައި ކުރި ކަމެއްކަމަށް ނުބެލެވޭ ކަމަށްވެސް ފުލުހުން ބުނެފައި ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް