ލުބުނާނުން ރަހީނުކޮށްފައިވާ އައިއެސްގެ ލީޑަރުގެ ކުރީގެ އަނބިމީހާ މިނިވަން ކުރުމަށް ޑިމާންޑް ކުރާ ކަމަށާއި ނުކޮށްފިނަމަ އައިއެސްއިން ރަހީނުކޮށްފައިވާ ލުބުނާނުގެ އެންމެން މަރާނެ ކަމަށް އައިއެސްއިން ބުނެފި އެވެ.
އައިއެސްގެ ލީޑަރު އަބޫ ބަކްރު އަލް ބަގްދާދީގެ ކުރީގެ އަނބިމީހާ ޝަޖާ އަލް ދުލައިމީ މިނިވަން ކުރުމާމެދު އައިއެސްއިން ލުބުނާނާއެކު މަޝްވަރާކުރަމުން އަންނަ އިރު އައިއެސްއިން ބުނަނީ އައިއެސްގެ ބެލުމުގެ ދަށުގައި ލުބުނާނުގެ 25 މީހުން ތިބި ކަމަށާއި އައިއެސް ލީޑަރުގެ ކުރީގެ އަނބިމީހާ އާއި އަލް ނުސްރާ ކޮމާންޑަރުގެ އަނބިމީހާ މިނިވަންކޮށްފި ނަމަ ލުބުނާނުގެ 25 މީހުން މިނިވަން ކުރަން އައިއެސްއިން ތައްޔާރަށް ތިބި ކަމަށެވެ.
އައިއެސްގެ ލީޑަރުގެ ކުރީގެ އަނބިމީހާ އާއި އޭނާގެ ދަރި ލުބުނާނު ސިފައިން ރަހީނުކުރީ މި ޑިސެމްބަރު މަހުގެ ކުރީކޮޅުގަ އެވެ. ބަޣްދާދީގެ އަންހެނުންނާއި ދަރިފުޅު ލުބުނާނުން ރަހީނުކުރީ ސޫރިޔާގެ ބޯޑަރު ކައިރިންނެވެ. އަދި މިމީހުން ރަހީނުކުރީ ލުބުނާން ސިފައިންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކަމަށް ރިޕޯތުތައް ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް