ފަލަސްތީނުން ހުށަހަޅާ އިސްލާހަށް ތާއީދު ނުކުރާނެ ކަމަށް އިނގިރޭސިވިލާތުން ބުނެފި

ފަލަސްތީނާއި އިޒްރޭލާ ދެމެދު ކުރިއަށް އޮތް 12 މަސްދުވަހު ސުލްހަ ގާއިމް ކުރުމަށާއި 2017 ވަނަ އަހަރާ ހަމައަށް ފަލަސްތީނުގެ ބިންތަކުގައި އިޒްރޭލުގެ ޔަހޫދީން ވަޒަންވެރިވުން ހުއްޓުވުމަށް ބައްޓަންކޮށް ފަލަސ...

31 Dec 2014 | 01:19

ފަލަސްތީނާއި އިޒްރޭލާ ދެމެދު ކުރިއަށް އޮތް 12 މަސްދުވަހު ސުލްހަ ގާއިމް ކުރުމަށާއި 2017 ވަނަ އަހަރާ ހަމައަށް ފަލަސްތީނުގެ ބިންތަކުގައި އިޒްރޭލުގެ ޔަހޫދީން ވަޒަންވެރިވުން ހުއްޓުވުމަށް ބައްޓަންކޮށް ފަލަސްތީނާއި އަރަބި ގައުމުތަކުން އދގެ ސެކިއުރިޓީ ކައުންސިލަށް ހުށަހަޅާ އިސްލާހާ އެއްކޮޅަށް ވޯޓު ނުދޭނެ ކަމަށް އިނގިރޭސިވިލާތުން ބުނެފި އެވެ.

މާދަމާގެ ކުރިން ވޯޓަށް އެހުމަށް ފަލަސްތީނާއި އަރަބި ގައުމުތަކުން މަސައްކަތްކުރަމުން އަންނަ އެ އިސްލާހާމެދު އިނގިރޭސިވިލާތުން އދ އަށް ކަނޑައަޅާފައިހުންނަވާ ޝަފީރު މާކް ލަޔާލީ ބުނެފައިވަނީ އެ އިސްލާހަށް ތާއީދު ކުރަން ބޭނުން ނުވަނީ އެ އިސްލާހަކީ އެއްވެސް އޮއްޓަރެއްނެތް ހަރުދަނާ އިސްލާހެއް ކަމަށް އިނގިރޭސިވިލާތުން ނުދެކޭތީ ކަމަށެވެ. އެއްކޮޅަށް ވޯޓު ނުދޭނެ ކަން ހާމަކުރި ނަމަވެސް ވީޓޯ ކުރުމުގެ ބާރު އޮންނަ އިނގިރޭސި ވިލާތުން އެ ވޯޓު ވިޓޯ ކުރާނެކަން އަދި ހާމަކޮށްފައެއް ނުވެ އެވެ.

އަރަބި 22 ގައުމަކުން ވަނީ އެ އިސްލާހު ބަލައިގަންނަން ނިންމާފައިވާއިރު ވޯޓަށް އަހާނެ ދުވަހަކާމެދު މިއަދުގެ ވަގުތެއްގައި މަޝްވަރާކުރުމަށް ނިންމާފައިވާކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

މި އިސްލާހާމެދު އިޒްރޭލުންވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އިޒްރޭލުން ބުނީ މި އިސްލާހުގެ ސަބަބުން ފަލަސްތީނުގެ މަސްރަހު ގޯސްވުން ފިޔަވާ އިތުރު ކަމެއް ނުވާނެ ކަމަށެވެ. މި އިސްލާހަށް ތާއީދު ނުކުރާނެކަމަށް އެމެރިކާއިންވެސް ވަނީ ބުނެފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް