އައިއެސް އިން ރަހީނުކޮށްފައިހުރި ޖޯޑަންގެ ޕައިލެޓްގެ އިންޓަވިއުއެއް އާންމުކޮށްފި

ޖޯޑަންގެ ޕައިލެޓަކު އައިއެސްއިން ރަހީނުކުރިކަން ޖޯޑަން އާއި އެމެރިކާއިން ދޮގުކޮށްފައިވަނިކޮށް ރަހީނުކޮށްފައިވާ ޕައިލެޓްގެ ވީޑިއޯ އިންޓަވިއުއެއް އައިއެސް އިން އާންމުކޮށްފި އެވެ. އިއްޔެ އާންމުކުރި އެވީޑ...

31 Dec 2014 | 00:59

ޖޯޑަންގެ ޕައިލެޓަކު އައިއެސްއިން ރަހީނުކުރިކަން ޖޯޑަން އާއި އެމެރިކާއިން ދޮގުކޮށްފައިވަނިކޮށް ރަހީނުކޮށްފައިވާ ޕައިލެޓްގެ ވީޑިއޯ އިންޓަވިއުއެއް އައިއެސް އިން އާންމުކޮށްފި އެވެ.

އިއްޔެ އާންމުކުރި އެވީޑިއޯގައި އުމުރުން 26 އަހަރުގެ ޖޯޑަންގެ ފްލައިޓް ކެޕްޓަން މާޒް އަލް ކައްޒާބީ ބުނެފައިވަނީ އޭނާ ދުއްވަމުންދިޔަ ޖެޓް (އެފް 16 މަރުކާގެ ޖެޓް) އާ އެމެރިކާއިން ހަވާލުކުރި މަސައްކަތަކީ އައިއެސްގެ ދިފާއީ ނިޒާމަށް ހަމަލާދީ އެހެން ޖެޓްތަކުން އައިއެސްއަށް ހަމަލާ ދިނުމުގެ މަގު ފަހިކޮށްދިނުން ކަމަށެވެ. އަދި އައިއެސް އަށް ހަމަލާ ދިނުމުގައި އެމެރިކާއިން ބޭނުންކުރާ ބައެއް ޓެކްނިކްތައްވެސް ކައްޒާބީ ވަނީ އެ ވީޑިއޯގައި ހާމަކޮށްފަ އެވެ.

އައިއެސް އިން ކައްޒާބީ ރަހީނުކޮށްފައިވަނީ މިމަހު 24 ވަނަ ދުވަހު އެވެ. ކައްޒާބީ ރަހީނުކޮށްފައިވާއިރު ކައްޒާބީގެ ބައްޕަ ސާފީ އަލް ކައްޒާބީ ވަނީ އޭނާގެ ދަރިފުޅަށް ދެރަގޮތެއް ނުހެދުމަށާއި އަދި އައިއެސްގެ މެހެމާނެއްގެ ގޮތުގައި ކައްޒާބީ ގެންގުޅެދިނުމަށް އައިއެސްގެ ކިބައިން އެދިފަ އެވެ.

އިރާގާއި ސޫރިޔާގައި ވަކި ހިލާފަތެއް އިއުލާނުކޮށް އެ ހިލާފަތު ދެމެހެއްޓުމަށް މަސައްކަތް ކުރަމުން އަންނަ އައިއެސް ޖަމާއަތާ ދެކޮޅަށް އެމެރިކާއިން އިސްވެ ގިނަ ގައުމުތަކެއް އެކުލެޥޭ ކޯލީޝަނެއް އެކުލަވާލައި، އައިއެސް ނައްތާލުމަށް ހަމަލާތައް ދޭން ފަށާފައިވަނީ މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް