އޮޅުވާލައިގެން އޯޓީޕީ ކޯޑު ހޯދުމަށްފަހު މީހެއްގެ ބޭންކް އެކައުންޓުތަކުން ބޮޑު އަދަދެއްގެ ފައިސާ ފޭރިގަތް މައްސަލައިގައި ލ. ގަމު ޒުވާނަކާ އެކު ޖުމްލަ ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ.
ދުވަހަށް މަޢުލޫމާތުދެމުން ފުލުހުން ބުނީ މި ހާދިސާ ހިނގާފައިވަނީ 2026 ވަނަ އަހަރުގެ އޮކްޓޫބަރު 24 ވަނަ ދުވަހު ކަމަށާއި ނޭނގޭ ފަރާތަކުން ގުޅައިގެން ވިކްޓިމްގެ އޯޓީޕީ ކޯޑު ހޯދައި، އިންޓަނެޓް ބޭންކިން މެދުވެރިކޮށް ދިވެހި ރުފިޔާ އެކައުންޓުން 63,000 ރުފިޔާ އަދި ޑޮލަރު އެކައުންޓުން 21,000 ޑޮލަރު ނެގި ކަމަށެވެ.
މި ސްކޭމް މައްސަލައިގެ ތުހުމަތުގައި ލ. ގަން، މަތިމަރަދޫ ލިލީނައިޓް، އަލީ ދާއިން (21 އަހަރު) ހައްޔަރުކޮށްފައިވަނީ އޮކްޓޫބަރު 29 ވަނަ ދުވަހުއެވެ. ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، އިއްޔެ ވަނީ 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައެވެ.
މި މައްސަލައިގައި ދާއިންގެ އިތުރުން ތިން މީހަކު ވެސް ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް