އެކުވެރިކަމުގެ ފުރަތަމަ މެޗުން ފަލަސްތީނުން ރާއްޖެ ބަލިކޮށްފި

30 Oct 2026 | 19:39
މެޗުގެ ތެރެއިން -- ފޮޓޯ7: އެފްއޭއެމް

މެޗުގެ ތެރެއިން -- ފޮޓޯ7: އެފްއޭއެމް

ޢޭއެފްސީ ކަޕް ކޮލިފައިންއަށް ތައްޔާރުވުމުގެ ގޮތުން ކުޅުނު އެކުވެރިކަމުގެ ފުރަތަމަ މެޗުން ފަލަސްތީނުން ރާއްޖެ ބަލިކޮށްފި އެވެ.

ގަލޮޅު ދަނޑުގައި މިރޭ ކުޅުނު މެޗުގައި ޜާއްޖެ ބަލިވީ 5-0 އިންނެވެ. ދެޓީމު ބައްދަލު ކުރާ ދެވަނަ މެޗު އަންނަ ހަފްތާގައި ކުޅޭނެ ކަމަށް އެފްއޭއެމްއިން ބުނެ އެވެ.

މި މުބާރަތައް ތައްޔާރުވުމަށް ފަރިތަކުރުންތަކަށް ފަލަސްތީނުގެ 17 އަހަރުންދަށުގެ ފުޓުބޯޅަ ޓީމު ރާއްޖެ އައީ މިމަހުގެ 26 ވަނަ ދުވަހު ޢެވެ. އެ ޓީމް ކޭމްޕްކޮށްގެން ތިބީ ކ. ގުރައިދޫގައި ޢެވެ.

ކޮލިފައިންގައި ފަލަސްތީނު ހިމެނޭ ގުރޫޕްގެ މެޗުތައް އަންނަ މަހު އަށަކުން 20 އަށް ކުރިއަށް ގެންދާނީ އިންޑިއާގައެވެ. ފަލަސްތީނާ އެކު އެ ގުރޫޕްގައި ވާދަކުރާނީ އިންޑިއާ، މެލޭޝިއާ، ސިންގަޕޫރު އަދި ގުއާމެވެ. ފަލަސްތީނުގެ ޓީމު ރާއްޖެއިން ފުރައިގެން އިންޑިއާއަށް ދާން ހަމަޖެހިފައިވަނީ އަންނަ މަހު ފަސްވަނަ ދުވަހުއެވެ.

ރާއްޖޭގެ 17 އަހަރުންދަށުގެ ޓީމު ވެސް ހަމަ މި މުބާރާތުގެ ކޮލިފައިންއަށް ތައްޔާރުވަމުން އަންނައިރު، ރާއްޖެ ހިމެނޭ ގުރޫޕްގެ މެޗުތައް ކުޅެން ހަމަޖެހިފައިވަނީ ތައިލެންޑުގައެވެ. ރާއްޖެ އާއި ތައިލެންޑުގެ އިތުރުން އެ ގުރޫޕްގައި ހިމެނެނީ އިރާޤާއި ހޮންކޮންގ އަދި ޗައިނީޒް ޓައިޕޭއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް