ކަސްޓަމްސް އިން އެވިޑެންސް ސްޓިކަރ ޖަހަން ނިންމައިފި

ކަސްޓަމްސް އިން މާދަމާއިން ފެށިގެން އެވިޑެންސް ސްޓިކަރ ޖަހަން ނިންމައިފިއެވެ. ކަސްޓަމްސް އިން ބުނީ ޕޯސްޓް އަދި ކުރިއަރ މެދުވެރިކޮށް ގެންނަ ބައެއް ތަކެތީގައި އެވިޑެންސް ސްޓިކަރ މާދަމާއިން ފެށިގެން ޖަހާ...

31 Oct 2019 | 13:07

ކަސްޓަމްސް އިން މާދަމާއިން ފެށިގެން އެވިޑެންސް ސްޓިކަރ ޖަހަން ނިންމައިފިއެވެ.

ކަސްޓަމްސް އިން ބުނީ ޕޯސްޓް އަދި ކުރިއަރ މެދުވެރިކޮށް ގެންނަ ބައެއް ތަކެތީގައި އެވިޑެންސް ސްޓިކަރ މާދަމާއިން ފެށިގެން ޖަހާނެ ކަމަށެވެ.

އެގޮތުން ލޯކަލް ކޫރިއަރ އެޖެންޓުގެ ހާޒިރުގައި ޕާރުސަލް ނުވަތަ ޕެކޭޖު ހުޅުވައިގެން ބަލާ ފާސްކޮށް އެތަކެތީގައި ކަސްޓަމްސްގެ ޚާއްސަ ޓެމްޕަރ އެވިޑެންޓް ސްޓިކަރއެއް ޖަހާނެ ކަމަށް ވަނީ ބުނެފައެވެ.

ކަސްޓަމްސް އިން ބުނީ ލޯކަލް ކުރިއަރ އެޖެންޓު އެޕެކޭޖު ބަންދުކުރުމުން، އެ ޕެކޭޖު ބަންދުކުރި ޓޭޕްމަތީ ހުރަސްވާގޮތަށް ކަމަށެވެ. އަދި ޕެކޭޖު ހުޅުވި ތާރީޚާއި ގަޑި ނޯޓުކޮށް ކަސްޓަމްސްގެ އިޖުރާއަތްތައް ފުރިހަމަކުރިކަން އެނގޭނޭގޮތަށް ސްޓިކަރގައި ސޮއިކުރާނެ ކަމަށެވެ.

މީގެ އިތުރުން ކަސްޓަމްސް އިން ބުނީ ކަސްޓަމްސްއިން ބަލާ ފާސްކުރިކަން ދޭހަވާގޮތަށް އެއްވެސް އެހެން ފަރާތަކުން އެ އިދާރާގެ ނަން ބޭނުންކޮށްގެން މުދަލުގެ ބޭރުގައި ޓޭޕްއަޅާ ސްޓިކަރ ފަދަ ތަކެތި ހަރުކުރުމަކީ މަނާ ކަމެއް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް