އައްޑޫ ސިޓީން ޓޫރިޒަމަށް ބިން ދޫކުރަން ހުޅުވާލައިފި

އައްޑޫ ސިޓީގައި ޓޫރިޒަމް ފުޅާކުރުމުގެ ގޮތުން އެކަމަށް ދޫކުރަން ހަމަޖެހިފައިވާ ބިންތަކަށް ޝައުގުވެރިކަން ފާޅު ކުރުމުގެ ފުރުސަތު އައްޑޫ ސިޓީ ކައުންސިލުން ހުޅުވައިފި އެވެ. އައްޑޫ ސިޓީ ކައުންސިލުން މިއަދު...

31 Oct 2019 | 09:03

އައްޑޫ ސިޓީގައި ޓޫރިޒަމް ފުޅާކުރުމުގެ ގޮތުން އެކަމަށް ދޫކުރަން ހަމަޖެހިފައިވާ ބިންތަކަށް ޝައުގުވެރިކަން ފާޅު ކުރުމުގެ ފުރުސަތު އައްޑޫ ސިޓީ ކައުންސިލުން ހުޅުވައިފި އެވެ.

އައްޑޫ ސިޓީ ކައުންސިލުން މިއަދު ކުރި އިއުލާޏެއްގައި ބުނެފައި ވަނީ، އައްޑޫގައި ގެސްޓް ހައުސް އާއި ސިޓީ ހޮޓާ ތަރައްގީ ކުރަން ބިން ހޯދަން ޝައުގުވެރިވާ ފަރާތްތަކުން އަންނަ މަހުގެ 28 ވަނަ ދުވަހާ ހަމައަށް ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

އައްޑޫ ސިޓީގެ މީހުން ދިރިއުޅޭ ފަސްރަށަކުން ބިން ދޫކުރަން ވަނީ ހަމަޖެހިފައެވެ. އެގޮތުން ހިތަދޫ ޓޫރިޒަމް ޒޯނުން 30 ބިން، ފޭދޫ ދިގިހެރަ ޓޫރިޒަމް ޒޯނުން 24 ބިން ދިނުމަށް ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން، މަރަދޫ ވެންބޮޅަފުށި ޓޫރިޒަމް ޒޯނުން އެއް ބިން، ހުޅުމީދޫ މާފިށި ޓޫރިޒަމް ޒޯނުން 25 ބިން އަދި މީދޫ މުލިމަތި ޓޫރިޒަމް ޒޯނުން 16 ބިން ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.

ބިޑް ޑޮކިއުމެންޓެއް ވިއްކާ އަގަކީ ދިވެއްސެއް ނަމަ 2،000 ރުފިޔާ އަދި ބޭރު މީހެއް ނަމަ 300 އެމެރިކާ ޑޮލަރު ކަމަށްވެސް އެ އިއުލާނުގައި ހާމަކޮށްފައި ވެއެވެ. ހިތަދޫ ބިންތަކަށް ބިޑް ހުށަހެޅުން އޮންނާނީ އަންނަ ޑިސެމްބަރު މަހުގެ 22 ވަނަ ދުވަހު އެވެ. އަދި 23 ވަނަ ދުވަހު ފޭދޫ، އާއި މަރަދޫގެ ބިންތަކަށް ބިޑް ހުށަހަޅަން ޖެހޭއިރު، ހުޅުދޫ އަދި މީދޫގެ ބިންތަކަށް ބިޑް ހުށަހަޅަން ޖެހޭނީ 24 ވަނަ ދުވަހު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް