ސިޔާސީ ދާއިރާގައި އަންހެނުންގެ ދައުރު ފުޅާކުރަން ޖެހޭ: ދުންޔާ

ސިޔާސީ ދާއިރާގައި އަންހެން ކަނބަލުންގެ ދައުރު މިހާރަށްވުރެ ފުޅާކުރަން ޖެހޭކަމުގައި ކުރީގެ ފޮރިން މިނިސްޓަރު އަދި ރައީސް މައުމޫންގެ ދަރިކަނބަލުން ދުންޔާ މައުމޫން ވިދާޅުވެއްޖެއެވެ. ދުންޔާ މިހެން ވިދާޅުވ...

31 Oct 2018 | 06:25

ސިޔާސީ ދާއިރާގައި އަންހެން ކަނބަލުންގެ ދައުރު މިހާރަށްވުރެ ފުޅާކުރަން ޖެހޭކަމުގައި ކުރީގެ ފޮރިން މިނިސްޓަރު އަދި ރައީސް މައުމޫންގެ ދަރިކަނބަލުން ދުންޔާ މައުމޫން ވިދާޅުވެއްޖެއެވެ.

ދުންޔާ މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ.

އެ ޓްވީޓްގައި ދުންޔާ ވިދާޅުވެފައިވަނީ ގައުމު ތަރައްގީ ކުރުމުގައްޔާއި ގައުމުގައި ސުލްހަ މަސަލަސްކަން ގާއިމުކުރުމުގައި އަންހެނުންގެ ދައުރު މުހިންމުކަމުގައި ދިރާސާތަކުން ދައްކާފައިވާކަމަށެވެ.

https://twitter.com/dunyamaumoon/status/1057509924572463104

އެ ޓްވީޓްގައި ދުންޔާ ވަނީ ޕީޕީއެމްގެ ހުރިހާ ކަނބަލުން، އެ ބޭފުޅުންގެ ބާރުވެރިކަން ހޯއްދެވުމަށް ޕީޕީއެމްގެ ރައީސް، ރައީސް މައުމޫންގެ ފަހަތްޕުޅަށް އަރާވަޑައިގަތުމަށް ގޮވާލައްވާފައެވެ. ދުންޔާ ވިދާޅުވެފައިވަނީ ދެ ޖިންސުގެ ހަމަހަމަކަން ގެނެސްދެއްވުމުގައި ރާއްޖޭގެ ހަގީގީ ޗެމްޕިއަނަކީ ބައްޕާފުޅު، ރައީސް މައުމޫން ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް