ފިހާޅޮހި އައިލެންޑް ރިސޯޓުގެ މޫދަށް އެރި އުޅެނިކޮށް އިއްޔެ ގެއްލުނު ފަތުރުވެރިޔާ މޫދު އަޑީގައި މަރުވެފައި އޮއްވައި މިއަދު ފެނިއްޖެ އެވެ.
އެއީ 31 އަހަރުގެ ފިރިހެނެކެވެ. އެ ފަތުރުވެރިޔާއަކީ ކ މާފުށީ ގެސްޓްހައުސްއެއްގައި ޗުއްޓީ ހޭދަކުރަމުންދިޔަ ފަތުރުވެރިއެކެވެ. އޭނާ ގެއްލުނީ ފިހާޅި ރިސޯޓަށް ގޮސްގެން އުޅެނިކޮށެވެ.
މިކަމާއި ބެހޭގޮތުން އެމްއެންޑީއެފުން ބުނެފައިވަނީ، އެ ފަތުރުވެޔާ ގެއްލިގެން ސިފައިންނަށް ރިޕޯޓްކުރީ އިއްޔެ މެންދުރު 2:30 ގައި ކަމަށާއި އެމްއެންޑީއެފް ކޯސްޓްގާޑާއި ރިސޯޓުގެ ޑައިވަރުން ކުރި މަސައްކަތުން، މޫދު އަޑީގައި އޭނާ އޮއްވާ ފެނުނީ މިއަދު ހެނދުނު ކަމުގައިވެސް އެމްއެންޑީއެފުން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް