އާ އަހަރުގައި މާޒީން އިބުރަތް ހާސިލްކޮށް ކުރިމަގު ބައްޓަންކުރޭ: ރައީސް

އާ އަހަރުގެ މާޒީން އިބުރަތް ހާސިލްކޮށް ކުރިމަގު ބައްޓަން ކުރަންޖެހޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙަންމަދު ޞޯލިހް ވިދާޅުވެއްޖެއެވެ. އެމަނުކުފާން މިހެން ވިދާޅުވީ ހިޖްރައިން 1441 ވަނަ އަހަރ...

31 Aug 2019 | 06:41

އާ އަހަރުގެ މާޒީން އިބުރަތް ހާސިލްކޮށް ކުރިމަގު ބައްޓަން ކުރަންޖެހޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙަންމަދު ޞޯލިހް ވިދާޅުވެއްޖެއެވެ.

އެމަނުކުފާން މިހެން ވިދާޅުވީ ހިޖްރައިން 1441 ވަނަ އަހަރުގެ ފެށުމުގެ މުނާސަބަތުގައި، ރާއްޖޭގެ ރައްޔިތުންނަށް ފޮނުންވި ތަހުނިޔާގެ ޚިޠާބުގައެވެ.

އެމަނިކުފާނުގެ ޙިޡާބުގައި، އާ އަހަރު ފެށުމުގެ މުނާސަބަތަކީ، ހީނަރުވެފައިވާ އާއިލީ ގުޅުންތަށް ބަދަހިކޮށް، ފަރުދީ އަދި އިޖްތިމާޢީ  އެކުވެރިކަމުގެ ތެރެއިން، ޢަޒުމް އާކޮށް، އެންމެން ގުޅިގެން ޤައުމުގެ ހެވާއި ލާބަޔަށް، މަސައްކަތް ކުރުމަށް ލިބޭ ފުރުޞަތެއްކަމުގައި ވިދާޅުވެފައިވެއެވެ.

ރައީސް ވިދާޅުވި ގޮތުގައި، ހިޖުރައިގެ ހާދިސާއިން ލިބިދޭ އެންމެ މުހިންމު އެއް ފިލާވަޅަކީ، އަނިޔާއާއި ބޭއިންސާފު ނައްތައިލުމުގައި ސާބިތުވެ ތިބުމުގެ ބޭނުންތެރިކަމާއި، އިންސާނީ ކަރާމާތް ދަމަހައްޓައި، އިންސާނީ ޙައްޤުތައް ޙިމާޔަތްކުރުމަށް ވަކާލާތު ކުރުމުގެ މުހިންމުކަމެވެ.

އެމަނިކުފާނުގެ ޚިޠާބުގައި، ހިޖްރީ އާ އަހަރަކާ ބައްދަލުކުރާއިރު، ހިޖްރައިގެ ހާދިސާއިން ލިބިދޭ ފިލާވަޅުތައް، ޙަޔާތުގެ ޢަމަލީ މައިދާނުގައި ތަންފީޒު ކުރެވެނީ، ކިހާ މިންވަރަކަށްތޯ ވިސްނައިލުން މުހިންމުކަމުގައި ވެސް ވިދާޅުވިއެވެ.

ކޮންމެ މީހެއްވެސް އާ އަހަރުގެ ކުރިމަގު ބައްޓަން ކުރުމުގައި، މާޒީން އަދި ހިޖަރައިގެ ހާދިސާތަކުން ލިބިދޭ ފިލާވަޅުތަކުން އިބުރަތް ހާސިލްކުރަންޖެހެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް