ދިގު ރަށުން ފެނުނީ ގޮވާ އެއްޗެއް ނޫން، ހުސް ކޮންޓެއިނަރެއް!

އދ. ދިގުރަށުން މިއަދު ފެނުނީ ގޮވާޒާތުގެ އެއްޗެއް ނޫން ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ. އެމްއެންޑީއެފުން ބުނި ގޮތުގައި ދިގުރަށު އަތިރިމަތިން ގޮވާ ޒާތުގެ އެއްޗެއް ފެނުނު ކަމަށް ބުނެ، ރިޕޯޓު ކުރީ މިއ...

31 Aug 2017 | 15:06

އދ. ދިގުރަށުން މިއަދު ފެނުނީ ގޮވާޒާތުގެ އެއްޗެއް ނޫން ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.

އެމްއެންޑީއެފުން ބުނި ގޮތުގައި ދިގުރަށު އަތިރިމަތިން ގޮވާ ޒާތުގެ އެއްޗެއް ފެނުނު ކަމަށް ބުނެ، ރިޕޯޓު ކުރީ މިއަދު ހެނދުނު 11:15 ހާއިރު އެވެ. ރިޕޯޓު ކުރީ އެ ރަށު ކައުންސިލް އިދާރާއިންނެވެ.

އެމްއެންޑީއެފުން ބުނީ ސިފައިންގެ ޓީމެއް ދިގުރަށަށް ގޮސް ބެލިއިރު އެ ރަށުން ފެނުނީ ހުސް ކޮއިންޓެއިނަރެއް ކަމަށެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި ކޮންމެޓެއިނަރު އެންމެ ފުރަތަމަ ފެނޫނި ފުލުހަކަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް