ރަހުމަތްތެރިކަމުގެ ދަތުރެއްގައި ރާއްޖެ އައި ޗައިނާގެ ތިން މަނަވަރު މިއަދު ފުރައިފި އެވެ.
މިދިޔަ އާދީއްތަ ދުވަހު ރާއްޖެ އައިސްފައިވަނީ ޗައިނީސް ނޭވީގެ ތިން މަނަވަރު، ޗޭން ޗަން އާއި ޖިންގް ޒޫ އަދި ޗައޮ ހޫ އެވެ.
މި ތިން މަނަވަރުގެ ސެއިލަރުންނާއި ދިވެހި ސިފައިން ގުޅިގެން ތަމްރީނު ހަރަކާތްތަކެއް ހިންގާފައިވެ އެވެ. އަދި އެކުވެރިކަން ބަދަހި ކުރުމުގެ ގޮތުން ބައެއް ކަހަލަ ކުޅިވަރު ހަރަކާތްތައް ވެސް ކުރިޔަށް ގެންގޮސްފައިވާ ކަމަށް އެމްއެންޑީއެފުން ބުނެ އެވެ. މީގެ އިތުރުން ގިރުފުށީ ޓްރެއިނިން ސެންޓަރާއި އެމްއެންޑީއެފްގެ ބައެއް ސަރަހައްދުތަކުގެ މަރުކަޒުތަކަށް ޗައިނާގެ މަނަވަރުތަކުގެ މީހުން ޒިޔާރަތް ކޮށްފައިވެ އެވެ.
އެ ތިން މަނަވަރަކީ ޗައިނާގެ ރައީސް ޒިން ޖިންގްޕިންގުގެ ސުލްހައިގެ އެންވޯއީގެ ދަށުން މި އަހަރުގެ އޭޕްރިލް މަހުގެ 23 ވަނަ ދުވަހު ފެށި މިޝަން އެއްގައި އުޅޭ ތިން މަނަވަރެވެ. އެ މިޝަންގައި ކުރާ ދަތުރުގައި 23 ގައުމަކަށް ގޮސް، އެ ގައުމުގެ އަސްކަރިއްޔާއާ ގުޅިގެން މެރިޓައިމް ތަމްރީންތައް ހިންގާނެ ކަމަށް ޗައިނާ ސަރުކާރުން ބުންޏެވެ.
މި މަނަވަރުތަކަށް މަރުހަބާ ކިޔުމަށް މިދިޔަ އާދިއްތަ ދުވަހު އެމްޕީއެލް ސަރަހައްދުގައި ވަނީ ހާއްސަ ހަރަކާތެއް ބާއްވާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް