ބީއެމްއެލްގެ ހިއްސާދާރުންނަށް ފައިދާގެ ގޮތުގައި ރެކޯޑް އަދަދެއް

ބީއެމްއެލްގެ ހިއްސާދާރުންނަށް ފައިދާގެ ގޮތުގައި ރިކޯޑް އަދަދެއްގެ ޖެހިއްޖެއެވެ. އެ ގޮތުން ރޭ ހޮޓެލްޖެންގައި ބޭއްވި ބޭންކްގެ އަހަރީ އާންމު ޖަލްސާގައި ހިއްސާދާރުންވަނީ ހިއްސާގެ ގޮތުގައި ބެހުމަށް ހުށަހެޅ...

31 Jul 2019 | 12:13

ބީއެމްއެލްގެ ހިއްސާދާރުންނަށް ފައިދާގެ ގޮތުގައި ރިކޯޑް އަދަދެއްގެ ޖެހިއްޖެއެވެ. އެ ގޮތުން ރޭ ހޮޓެލްޖެންގައި ބޭއްވި ބޭންކްގެ އަހަރީ އާންމު ޖަލްސާގައި ހިއްސާދާރުންވަނީ ހިއްސާގެ ގޮތުގައި ބެހުމަށް ހުށަހެޅުނު ޖުމްލަ ކޮންމެ ހިއްސާދާރަކަށްވަނީ 129.17 މިލިއަން ރުފިޔާ (ހިއްސާއަކަށް 24 ރުފިޔާ) ދިނުމަށް ފާސްކޮށްފައެވެ. މިއީ މިހާތަނަށް ހިއްސާގެ ފައިދާގެ ގޮތުގައި ދެވޭ އެންމެ ބޮޑު އަދަދެކެވެ.

މި އާއެކު ބީއެމްއެލްގެ އެންމެ ބޮޑު ހިއްސާދާރުގެ ގޮތުގައި ދައުލަތަށް ހިއްސާގެ ފައިދާގެ ގޮތުގައި ލިބޭ މިންވަރު އިތުރުވެ، އަދި ރިޕޯރޓްތައް ދައްކާގޮތުން މިދިޔަ އަހަރުގެ ޓެކްސް އާއި ހިއްސާގެ ފައިދާގެ ގޮތުގައި ޖުމްލަ 390 މިލިއަން ރުފިޔާ ދައުލަތަށް ލިބޭނެއެވެ.

ޓެކްސް އަށް ކެނޑުމުގެ ކުރިން 2018 ވަނަ އަހަރު ބީއެމްއެލް އަށް ލިބުނު ސާފު ފައިދާ ވަނީ 1.6 ބިލިއަން ރުފިޔާއަށް އަރާފައެވެ.

މިއީ ކުރީ އަހަރާ އަޅާބަލާއިރު %13 އިތުރު އަދަދެކެވެ. މިއީ ކުރީ އަހަރަށްވުރެ ހިންގުމުގެ ހަރަދު ބޮޑުވުމުގެ އިތުރުން ފައިދާގެ ތެރެއަށް އެއްފަހަރާ ގަނޑުކޮށް ލިބޭ އާމްދަނީ ނުހިމެނި ހޯދުނު ވަރަށް ރަނގަޅު މާލީ ނަތީޖާއެކެވެ. ޓެކްސް އަށް ކެނޑުމަށްފަހު ލިބުނު ފައިދާ މިވަނީ ވިދިވިދިގެން 3 ވަނަ އަހަރު 1 ބިލިއަން ރުފިޔާއަށްވުރެ މައްޗަށް އަރާފައެވެ.

ހިއްސާދާރުންނާއި މުޚާތަބުކޮށް ވާހަކަދައްކަވަމުން ބީއެމްއެލްގެ ސީއީއޯ ޓިމް ސޯޔަރ ވިދާޅުވީ ބޭންކުގެ ތާރީހުގައި ހިއްސާގެ ފައިދާގެ ގޮތުގައި ދެވޭ އެންމެ ބޮޑު އަދަދު ހިއްސާދާރުންނަށް ލިބިގެންދާކަމީ އެބޭފުޅުންނަށް ލިބޭ އުފަލެއްގެ ގޮތުގައި ފާހަގަކޮށްފައެވެ. އަދި އެ ނަތީޖާ ހޯދިފައިވަނީ ވިޔަފާރީގެ މައިގަނޑު ހުރިހާ ދާއިރާއަކުންވެސް ލިބުނު ކުރިއެރުމާއި އަދި އާމްދަނީ ލިބޭ ވަސީލަތްތަކުން ލިބުނު ކުރިއެރުމުންކަން އެބޭފުޅާ ފާހަގަކުރެއްވިއެވެ.

އަދި ހަމައެހެންމެ ލޯނު ދޫކުރެވުނު ނިސްބަތް ފާހަގަކޮށްލެވޭ މިންވަރަކަށް އިތުރުވުމާއެކުވެސް، މާލި ގޮތުން ބޭންކުން ހޯދާފައިވާ މި ކާމިޔާބާއެކު މިއަހަރާ އަދި ކުރިއަށް އޮތް ތާނގައިވެސް މުޖުތަމައަށް ކުރާ ހޭދާ އިތުރަށް ފުުޅާކުރުމުގެ ފުރުސަތު ތަނަވަސްވެގެން ގޮސްފަ ކަމުގައި އެބޭފުޅާ ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް