ސްކޫލުތައް ބަންދުކުރަން އައިޖީއެމްއެޗުން އަންގާފައެއް ނުވޭ: މިނިސްޓަރު

އާއްމު ބަލިމަޑުކަމެއް ފެތުރޭތީ ސްކޫލުތައް ބަންދުކުރަން އައިޖީއެމްއެޗުން އަންގާފައިނުވާކަމަށް އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ ވިދާޅުވެއްޖެއެވެ. އެޑިއުކޭޝަން މިނިސްޓްރީގެ ރަސްމީ ޓްވިޓާ އެކައުންޓުނ...

31 Mar 2019 | 03:53

އާއްމު ބަލިމަޑުކަމެއް ފެތުރޭތީ ސްކޫލުތައް ބަންދުކުރަން އައިޖީއެމްއެޗުން އަންގާފައިނުވާކަމަށް އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ރަސްމީ ޓްވިޓާ އެކައުންޓުން ކޮށްފައިވާ ޓްވީޓްގައި މިނިސްޓަރާއި ހަވާލާދީ ބުނެފައިވަނީ އާންމު ބަލިމަޑުކަމެއް ފެތުރޭތީ ސްކޫލްތައް ބަންދުކުރުމަށް އައިޖީއެމްއެޗުން މި މިނިސްޓްރީއަށް އަންގާފައިވާ ކަމަށް ސޯޝަލްމީޑިއާގައި ފެތުރެމުންދަނީ ރަނގަޅު މަޢުލޫމާތެއް ނޫން ކަމަށެވެ.

"އަދި ކަމާގުޅޭ އެއްވެސް މުއައްސަސާއަކުން ސްކޫލްތައް ބަންދުކުރުމަށް މިހާތަނަށް ލަފާދީފައި ނުވޭ" މިނިސްޓަރާއި ހަވާލާދީ ބުނެފައިވެއެވެ.

އެޑިއުކޭޝަނުން މިހެން ބުނެފައިވާއިރު ސޯޝަލް މީޑިއާގައި ރެއިން ފެށިގެން ދައުރުވަމުން އަންނަ މެސެޖެއްގައި ބުނެފައިވަނީ އާއްމު ރޯގާ ބަލިމަޑުކަމެއް ފެތުރިފައިވާތީ ސްކޫލުތައް ވަގުތީ ގޮތުން ބަންދުކުރުމަށް އައިޖީއެމްއެޗްއިން އެޑިއުކޭޝަން މިނިސްޓްރީއަށް އަންގާފައިވާކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް