ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމް، ހ.ތެމާގައި ޕީޕީއެމް ރައީސްގެ އޮފީހުގެ ނަމުގައި ހިންގަވަމުން ގެންދެވި އޮފީހަށް ވަދެ އެ އިމާރާތައް ގެއްލުން ދިން ފަރާތްތަކާއި ދެކޮޅަށް ދައުވާ ކުރައްވާނެ ކަމަށް ރައީސް މައުމޫން ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ފުލުހުން އެއޮފީހުގެ ނަންބޯޑު ނަގާ އެއިމާރާތުގައި ހުރި ޕީޕީއެމް ދިދަ ތިރިކުރުމުރުން އެކަމާއި ނުރުހުން ފާޅުކުރައްވާ މިރޭ ކުރެއްވި ޓްވީޓެއްގައެވެ.
https://twitter.com/maumoonagayoom/status/847841262661128192
ފުލުހުން މިރޭ ޕީޕީއެމްގެ ރައީސްގެ އޮފީހުގެ ނަމުގައި ހިންގަވާ އޮފީހަށް ވަނީ ސިވިލް ކޯޓުން ކުރި އަމުރާއި އެއްގޮތައް އެއޮފީހުގެ ނަންބޯޑު ނަގާ ޕީޕީއެމްގެ ދިދަ ތިރިކުރަން އެންގުމުން އެއެންގުމަށް އަމަލު ނުކުރުމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް