ކެނެޑާގެ އަސްކަރީ ތަމްރީނެއްގެ ތެރެއިން ގޭސް ހޮޅިއަކަށް ވަޒަނެއް އަރައި އަލިފާން ރޯވެ އެތައް ބަޔަކު މަރުވެއްޖެ

18 Oct 2026 | 12:15
ދފ

ދފ

ކެނެޑާގެ އަލްބާޓާގައި ހުންނަ އަސްކަރީ މަރުކަޒެއްގެ ކައިރީގައި ރޭ އަލިފާން ރޯވެ، ގިނަ ބަޔަކު މަރުވެ އަދި ގިނަ އަދަދެއްގެ ބަޔަކު ޒަޚަމްވެއްޖެ އެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި އަލިފާން ރޯވީ ކެނެޑާގެ ހަނގުރާމައިގެ ތަމްރީނުތަކަށް އެންމެ ގިނައިން ބޭނުންކުރާ މަރުކަޒުތަކުގެ ތެރެއިން އެއް މަރުކަޒު ކަމަށްވާ ކެނޭޑިއަން ފޯސަސް ބޭސް ވެއިންރައިޓް ކައިރީގައެވެ. މިހާދިސާގައި އެ ސަރަހައްދުގައި އުޅޭ ހަތް މީހަކު މަރުވެ އެތައް ބަޔަކު ޒަހަމްވެފައިވާއިރު މަރުވި މީހުންގެ އަދަދު އިތުރުވެދާނެ ކަމަށް ބެލެވެ އެވެ.

ބައެއް ފަރާތްތަކުން މީޑިއާގައި ބުނެފައިވަނީ މި ހާދިސާ ހިނގީ ތަމްރީންތަކުގައި ބަޑި ޖަހަމުންދަނިކޮށް ވަޒަނެއް އެ މަރުކަޒު ހިމެނޭ ސަރަހައްދުގައި ހުރި ގޭސް ލައިނެއް ނުވަތަ ގޭސް ހޮޅިއެއްގައި ޖެހުމުން ކަމަށެވެ. މި ހާދިސާގައި ރޯވި އަލިފާން ގަނޑު ވައި ހުރިގޮތުން ވަރަށް ބޮޑު ފެތުރު ކަމަށާއި މަރުކަޒުން ބޭރަށް އަލިފާންގަނޑު ވަރަށް އަވަހަށް ފެތުރުނު ކަމަށެވެ.

މި ހާދިސާ ހިނގި ވެއިންރައިޓްގެ މޭޔަރު ބްރޫސް ޕިއު ބުނީ މިއީ އެ ސަރަހައްދުގައި މިފަހުގެ ތާރީހެއްގައި މިހާތަނަށް ހިނގި އެންމެ ގިނަ ބަޔަކު ގެއްލުނު ހާދިސާއަކަށް ވާނެ ކަމަށެވެ. ޒަހަމްވި މީހުންގެ ތެރޭގައި އަސްކަރީ އޮފިސަރުންނާއި ކުރީގެ އޮފިސަރުންގެ އާއިލާތަކުގެ މެމްބަރުން ހިމެނެ އެވެ.

ރިޕޯޓުތައް ބުނާގޮތުގައި ޢާންމު ދުވަހެއްގައި އެ މަރުކަޒުގައި 690 ސިފައިންނާއި 300 ސިވިލިއަން މުވައްޒަފުން ތިބޭނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް