ސައުދީގެ ހެލިކޮޕްޓަރެއް --
ސައުދީ ނެޝަނަލް ގާޑުގެ ހެލިކޮޕްޓަރެއް ނަޖްރާން ސަރަހައްދުގައި ވެއްޓި ދެ މީހުން މަރުވެއެްޖެ އެވެ.
ސައުދީގެ ކަމާ ބެހޭ އިދާރާތަކުން ހާމަކުރި ގޮތުގައި ހެލިކޮޕްޓަރު ވެއްޓުނީ ޓެކްނިކަލް މައްސަލައެއް ދިމާވެގެންނެވެ، ދިސާގައި މަރުވީ އަސްކަރީ ދެ އޮފިސަރުންނެވެ.
ވެއްޓުނީ ސަރަހައްދުތައް ބެލުމަށް ބޭނުންކުރާ، އޭއެޗް 6 އައި މަރުކާގެ ހެލިކޮޕްޓަރެއް ކަމަށް އެ އިއްތިހާދުގެ ތަރުޖަމާން ތުރްކީ އަލް މާލިކީ ބުނެފައިވެއެވެ.
ހެލިކޮޕްޓަރު ވެއްޓުނު ސަބަބަކަށް އިއްތިހާދުން ފާހަގަކޮށްފައިވަނީ ފަންނީ މައްސަލައެއް ކަމަށް ކަމުން، އިތުރު ތަފްސީލެއް އަދި ހާމަކޮށްފައެއް ނުވެއެވެ.
ނަމަވެސް ސައުދީއާއި ދެކޮޅަށް ހަމަލާދެމުންދާ ހޫތީން ވަނީ ސައުދީ ކޯލިޝަންގެ ވާހަކަ ދޮގުކޮށްފައި އެވެ. އެ ޖަމާއަތުން ބުނީ ރޭގެ ވަގުތެެއްގައި ސައުދީގެ ނަޖްރާން ސަރަހައްދުގައި ހަރަކާތްތެރިވަމުން ދިޔަ ހެލިކޮޕްޓަރެއް ވައްޓާލާފައިވާނެ ކަމަށެވެ.
ސައުދީގެ ނަޖްރާން ސަރަހައްދު އޮންނަނީ ޔަމަނާއި ސައުދީގެ ބޯޑަރު ގުޅޭ ސަރަހައްދުގައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް