ޔަމަނުގެ ކުރީގެ ރައީސް އަބްދުﷲ ސާލިހް އަވަހާރަ ކޮށްލައިފި

ޔަމަނުގައި ކުރިއަށްދާ ދާހިލީ ހަނގުރާމައިގާ އެގައުމުގެ ކުރީގެ ރައީސް އަބްދުﷲ ސާލިހް އަވަހާރަ ކޮށްލައިފި އެވެ. އަބްދުﷲ ސާލިހް އަވަހާރަ ކޮށްލާފައިވަނީ ހޫތީންގެ ހަނގުރާމަވެރިންނެވެ. އަބްދުﷲ ސާލިހު އަވަހާރ...

05 Dec 2017 | 01:01

ޔަމަނުގައި ކުރިއަށްދާ ދާހިލީ ހަނގުރާމައިގާ އެގައުމުގެ ކުރީގެ ރައީސް އަބްދުﷲ ސާލިހް އަވަހާރަ ކޮށްލައިފި އެވެ.

އަބްދުﷲ ސާލިހް އަވަހާރަ ކޮށްލާފައިވަނީ ހޫތީންގެ ހަނގުރާމަވެރިންނެވެ.

އަބްދުﷲ ސާލިހު އަވަހާރަކޮށްލުމަށްފަހު އެމަނިކުފާނުގެ ހަށިކޮޅު ކައިރީގައި ހޫތީން ނަށާ މަންޒަރު ދައްކާ ވީޑިއޯއެއް ޔަމަނުގައި ހޫތީންނަށް ސަޕޯޓްކުރާ ޓީވީ ޗެނަލަކުން ދައްކާފައިވާއިރު ސާލިހު އަވަހާރަކޮށްލާފައިވާކަން ޔަމަނުގެ އާންމު މަޖިލީހުން ވަނީ ކަށަވަރު ކޮށްދެއްވާފަ އެވެ.

ޔަމަނުގެ ކުރީގެ ރައީސް ސާލިހު އަވަހާރަ ކޮށްލާފައިމިވަނީ އެމަނިކުފާނު ޔަމަނުގެ ހޫތީންނާއެކު އޮތް ގުޅުން ކަނޑާލެއްވިތާ 48 ގަޑިއިރު ހަމަނުވަނީހެވެ.

ހޫތީންނާއި ގުޅުން ކަނޑާލިކަން އިއުލާނު ކުރަމުން ސާލިހު ވިދާޅުވެފައިވަނީ ގައުމުގެ ހަނގުރާމައިގެ މައިދާނަށް ސުންގަނޑި ޖެހިއްޖެ ކަމަށާއި ހޫތީންގެ ކިބައިން ގައުމު ސަލާމަތް ކުރަން ޖެހޭ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް