ކައްދުއަށް ދާން ރޭ ފަތިހު ފްލައިޓުން ދިޔަ މީހުން އަދިވެސް ޓްރާންސިޓްގައި ތާށިވެފައި !

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ލ ކައްދޫ އެއާޕޯޓަށް ދިއުމަށް މޯލްޑިވިއަން ފްލައިޓުން ރޭ ފަތިހު ދަތުރުފެށި މީހުން، ފްލައިޓް ސ. ގަމުގައި ޓްރާންސިޓް ކުރި ގޮތަށް ސ. ގަމުގައި ތާށިވެއްޖެއެވެ. ދުވަހަށް މައުލޫ...

30 Dec 2018 | 16:33

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ލ ކައްދޫ އެއާޕޯޓަށް ދިއުމަށް މޯލްޑިވިއަން ފްލައިޓުން ރޭ ފަތިހު ދަތުރުފެށި މީހުން، ފްލައިޓް ސ. ގަމުގައި ޓްރާންސިޓް ކުރި ގޮތަށް ސ. ގަމުގައި ތާށިވެއްޖެއެވެ.

ދުވަހަށް މައުލޫމާތު ދެމުން ކައްދުއަށް ދިއުމަށް އެ ފްލައިޓުން ދަތުރުކުރާ ފަސިންޖަރަކު ބުނީ އެމީހުން ރޭ ފަތިހު ފްލައިޓުން ނައްޓާލި އިރު އެ ފްލައިޓަކީ ޓްރާންސިޓް ފްލައިޓެއް ކަމަށާއި ހެނދުނު 09 ހާއިރު ގަމަށް އާދެވުނު ކަމަށެވެ. ނަމަވެސް އަދިވެސް ކައްދުއަށް ނުދެވޭކަމަށް އޭނާ ބުންޏެވެ.

"މިމީހުން ބުނަނީ ފްލައިޓަށް ޓެކްނިކަލް މައްސަލައެއް ދިމާވީއޭ، ދެން ގަޑި ދެމުން ދެމުން މިދަނީ ހަމަ އަދިވެސް ކައްދުއަށް ފުރޭ ގޮތެއް ނުވޭ، ކަނޑު ބޯޓެއްގަ ނައްޓާލިޔަސް މިއަށްވުރެ އަވަސް ވާނެ" ދުވަހަށް މައުލޫމާތު ހިއްސާކުރި ފަރާތުން ބުންޏެވެ.

މިކަމުގައި މޯލްޑިވިއަންގެ ބަހެއް ހޯދާލަން ކުރި މަސައްކަތް ވަނީ ކާމިޔާބުވާގޮތް ނުވެފައެވެ.

ދުވަހަށް މައުލޫމާތު ދިން މީހާ އިތުރަށް ބުނީ އެ ފްލައިޓުގައި ކައްދުއަށް ދިއުމަށް އިތުރު ހަތް މީހަކު އެބަ ތިބި ކަމަށެވެ. ޓްރާންސިޓްގައި ތިބި އިރު ބޭނުން ކުރާނެ ކޮޓަރިއެއް ދީފައިވާއިރު ކެއުމަށްވެސް ވައުޗަރު ދީފައިވާކަމަށް ބުންޏެވެ. ނަމަވެސް އެމީހުން ބޭނުންވަނީ އަވަހަށް މަންޒިލަށް ދެވޭނެ ގޮތެއް ވުންކަމުގައިވެސް ދުވަހަށް މައުލޫމާތު ދިން މީހާ ބުންޏެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް